ފިނިހޫނުމިން އިދިކޮޅަށް އިހްސާސްވާ މީހެއް
ފިނިހޫނުމިން އިދިކޮޅަށް އިހްސާސްވާ މީހެއް

އުމުރުން 60 އަހަރުގެ ސަންތުރާމް އަށް ފިނި މޫސުމުގައި ބޭނުންވަނި ފިނިން ރައްކާތެރިވާނެ ހެދުމެއް ނޫނެވެ. ފިނި މޫސުމަށް ބޭނުންވަނީ އިތުރަށް ފިނިކުރާށެވެ. ހޫނު މޫސުމުގައި ބޭނުންވަނީ ފިނިން ސަލާމަތްވާނެ ހެދުންތަކާއި ރަޖާ ފަދަ އެއްޗިއްސެވެ.

އިންޑިއާގެ ހަރިއާނާ ސްޓޭޓްގެ އަވަށެއްގައި ދިރިއުޅޭ ސަންތުރާމް ބުނި ގޮތުގައި މިއީ ވަރަށް ކުޑައިރެއްސުރެ ވެސް އޭނާ އަށް ދިމާވެފައިވާ ކަމެކެވެ.

އެކަމަކު އާއިލާގެ އެއްވެސް އެހެން މީހަކަށް މިކަން ތަޖުރިބާ ކުރަން ޖެހިފައި ނުވާ ކަމަށް ބުންޏެވެ. އަދި އޭނާގެ ހަތަރު ދަރިންގެ ތެރެއިން އެއްވެސް ކުއްޖަކަށް ވެސް މިފަދަ ކަމެއް ކުރިމަތިވެފައި ނުވާ ކަމަށް ސަންތުރަމް ބުންޏެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސަންތުރާމް ބުނީ އާންމު އިންސާނުންނާ ހިލާފު ގޮތަކަށް އުޅެން ޖެހިފައިވާތީ، އާމްދަނީ ހޯދުން ފަދަ ކަންކަމަށް ވެސް ދަތިވެ، އާންމު ދިރިއުޅުން އެހާ ފަސޭހައެއް ނޫނެވެ.

"ހޫނުގެ މޫސުގެ އެންމެ ހޫނު ދުވަސްކޮޅު ފިނިބޮޑުކަމުން އަހަންނަށް މަސައްކަތެއް ނުކުރެވޭ. އަދި ފިނި މޫސުމުގެ އެންމެ ފިނި ގަދަ ދުވަސްކޮޅު ހޫނުވާތީ ވެސް މަސައްކަތެއް ނުކުރެވޭ،" އޭނާ ބުންޏެވެ.

މި މައްސަލަޔާ ހެދި، ޒުވާން ދުވަސްވަރު ބައްޕަ ވެސް ސަންތުރާމް ގޮވައިގެން ޖެއިޕޫރަށް ގޮސް ޑޮކްޓަރަށް ދެއްކި އެވެ. އޭރު މިކަމުގެ ހަގީގަތެއް ނޭނގުނެވެ. އެކަމަކު މިކަމަށް ފަރުވާއެއް ލިބޭތޯ އާއި މިއީ ކިހިނެއްވާ ކަމެއްތޯ ބެލުމުގެ މަސައްކަތް ސަންތުރާމް ކުރި އެވެ.

މިދިޔަ އަހަރު އޭނާ ބެލި ޑރ. އަޝޯކް ކުރާމް ވިދާޅުވި ގޮތުގައި ޝަންތުރާމަށް ދިމާވެފައި ވަނީ އާންމު ނޫން ސިއްހީ މައްސަލައެކެވެ.

"އެއީ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކޮށްދިނުމަށް މަސައްކަތް ކުރާ ސިކުނޑީގެ ހިޕޮތެލެމަސް އަށް ދިމާވެފައިވާ ކަމަކުން ކުރިމަތިވެފައިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ. "އަހަރެމެން ކައިރި އަށް އަޝޯކް ފަރުވާ އައިމަ އަހަރެމެން އޭނަ އަށް ލަފާ ދިނިން ކަމާ ގުޅުން ހުރި އެހެން ހޮސްޕިޓަލަށް ދައްކައިގެން ފަރުވާ ހޯދަން."

ސަންތުރާމް ބުނީ މި ތަފާތުކަމާ އެކު ހަޔާތުގެ ވަރަށް ބޮޑު ބައި މިހާރު މާޒީވެފައިވާތީ، މިކަމަށް ހޭނިފައިވާ ކަމަށެވެ.

އޭނާގެ އަންހެނުން ބިމްލާ ބުނި ގޮތުގައި ފުރަތަމަކޮޅު ޝަންތުރާމްއާ އެކު އުޅެން އޭނާ ވަރަށް އުނދަގޫވި އެވެ.

"އެކަމަކު މިހާރު އަހަރެން ވެސް އާދަވެއްޖެ. އަދި އާއިލާ އިން އަބަދު ވެސް ސަންތުރާމަށް އެހީތެރިކަން ފޯރުކޮށްދޭ. އަހަރެމެންގެ އޭނަގެ ސިއްހަތަށް ވަރަށް ބަލައިގެން އުޅެނީ،" އޭނާ ބުންޏެވެ.

ސަންތުރާމްގެ ހަގު ފިރިހެން ކޮއްކޮ ސަރްޖީތު ބުނި ގޮތުގައި އޭނާ ބޭނުން ވަނީ ބޭބެ އަށް ސަރުކާރުން މާލީ ގޮތުން ވެސް ކޮންމެވެސް ވަރެއްގެ އެހީތެރި ކަމެއް ފޯރުކޮށް ދިނުމެވެ.

"އަހަރެމެންގެ އާއިލާއަކީ ވެސް ވަރަށް އާދައިގެ ނިކަމެތި އާއިލާއެއް. މާލީ ގޮތުން އެބަހުރި ދަތިތަކެއް. އެހެންވެ ބޭބެ އަށް ދިމާވެފައިވާ މިވާ އާދަޔާހިލާފު ބަލީގައި އޭނާ ތަންކޮޅެއް ފަސޭހަކޮށް އުޅެން މާލީ އެހީތެރި ކަމެއް ބޭނުންވޭ،" އޭނާ ބުންޏެވެ.