ޓީވީ ތަރިން ކަމަށްވާ އަބިނާވް ޝުކްލާ އާއި ރުބީނާ ދިލައިކް ކައިވެނިކޮށްފި
ޓީވީ ތަރިން ކަމަށްވާ އަބިނާވް ޝުކްލާ އާއި ރުބީނާ ދިލައިކް ކައިވެނިކޮށްފި

އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަބިނާވް ޝުކްލާ އާއި ބަތަލާ ރުބީނާ ދިލައިކް ބުރާސްފަތި ދުވަހު ކައިވެނިކޮށްފި އެވެ.

ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިން ބައިވެރިވި ހަފުލާ އޮތީ ރުބީނާގެ އުފަން ސިޓީ ޝިމްލާގަ އެވެ.

ރުބީނާ އާއި އަބިނާވް ކައިވެނިކޮށްފައި މި ވަނީ ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަދި ދެ މީހުންގެ ކައިވެނީގެ ހަފުލާ ބޭއްވީ އެކަމަށް ވަރަށް ދުރާލައި ތައްޔާރުވެގެންނެވެ.

ރުބީނާ، 28، އަކީ ކަލާޒް ޗެނެލުން މިހާރު ދައްކާ އެންމެ ކާމިޔާބު އެއް ސިލްސިލާ ކަމަށްވާ "ޝަކްތީ-އަސްތިތުވާ ކޭ އެހްސާސް" ގެ ބަތަލާ އެވެ.

އޭނާ ކުޅެފައިވާ އިތުރު ސިލްސިލާތަކުގެ ތެރޭގައި "ޗޯޓީ ބަހޫ"، "ސާސް ބިނާ ސަސުރާލް" އަދި "ޕުނާރް ވިވާހް" ހިމެނެ އެވެ.

އަބިނާވް، 35، އަކީ މިހާރު ސިލްސިލާތައް ކުޅުމުގެ އިތުރުން ބޮލީވުޑްގެ ފިލްމްތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ އެކްޓަރެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "އަކްސަރު 2" އެވެ.

އަބިނާވް މުހިއްމު ރޯލެއް ކުޅޭ "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" މިހާރު ކަލާޒުން ދައްކަމުން އަންނަ އިރު، އޭނާގެ ފާހަގަކޮށްލެވޭ އިތުރު ސިލްސިލާތަކުގެ ތެރޭގައި "ގީތު"، "އޭކް ހަޒާރޯ މޭ މޭރީ ބެހެނާ ހޭ" އަދި "ހިޓްލަރު ދީދީ" ހިމެނެ އެވެ.