ނައިޖީރިއާ މޮޅުވެ އާޖެންޓީނާ އަށް ހިތްހަމަޖެހުން
ނައިޖީރިއާ މޮޅުވެ އާޖެންޓީނާ އަށް ހިތްހަމަޖެހުން

ވޮލްގޮގްރަޑް (ޖޫން 22) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އައިސްލެންޑުގެ މައްޗަށް 2-0 އިން ކުރި ހޯދައި ނައިޖީރިއާ މުބާރާތުގެ ދެ ވަނަ ބުރުގެ އުއްމީދު އާ ކޮށްފި އެވެ. އަނެއްކޮޅުން މި ނަތީޖާގެ ސަބަބުން އާޖެންޓީނާ އަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ. އ

ނައިޖީރިއާ މޮޅުވެ އާޖެންޓީނާ އަށް ހިތްހަމަޖެހުން
ނައިޖީރިއާ މޮޅުވެ އާޖެންޓީނާ އަށް ހިތްހަމަޖެހުން

ހަ ޕޮއިންޓާ އެކު މި ގްރޫޕުން ކްރޮއޭޝިއާ ދެ ވަނަ ބުރަށް ގޮސްފައިވާއިރު ފަހު ޖާގަ އަށް އާޖެންޓީނާ، އައިސްލެންޑް އަދި ނައިޖީރިއާ ވާދަކުރެ އެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު ނައިޖީރިއާ އޮތްއިރު އައިސްލެންޑާއި އާޖެންޓީނާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ އައިސްލެންޑެވެ.

ފަހު މެޗުން ކްރޮއޭޝިއާ އަތުން އައިސްލެންޑަށް މޮޅުނުވެވި އަދި ނައިޖީރިއާ އަތުން އާޖެންޓީނާ މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެ ވަނަ ބުރަށް ދެވޭނެ އެވެ. އައިސްލެންޑާއި އާޖެންޓީނާ ވެސް މޮޅުވެއްޖެ ނަމަ ދެ ވަނަ ބުރަށް ދާނެ ޓީމެއް ކަނޑައަޅަން ޖެހޭނީ ލަނޑުގެ ތަފާތުންނެވެ. އާޖެންޓީނާ އަތުން މޮޅުވެގެން ނައިޖީރިއާ އަށް އިތުރު ނަތީޖާއަކަށް ބަރޯސާ ނުވެ ދެ ވަނަ ބުރަށް ދެވޭނެ އެވެ. އެއްވަރުވެއްޖެ ނަމަ އައިސްލެންޑުން ނެރޭ ނަތީޖާއަކަށް ބަލަން ޖެހޭނެ އެވެ. ނައިޖީރިއާ އިން ވަނީ މިދިޔަ ނޮވެމްބަރު މަހުގައި ކުޅުނު އެކުވެރިކަމުގެ މެޗަކުން އާޖެންޓީނާ ބަލިކޮށްފަ އެވެ.

މިރޭގެ މެޗަކީ ނައިޖީރިއާ އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު 14 މެޗުން ލިބުނު ދެ ވަނަ މޮޅެވެ. ނައިޖީރިއާ މިހާތަަނަށް ވޯލްޑް ކަޕްގައި ހޯދި ހަ މޮޅަކީ ވެސް ޔޫރަޕް ޓީމުތަކާ ވާދަކޮށްގެން މޮޅުވި މެޗުތަކެވެ.

މެޗު ފަށައިގެން އައިސްލެންޑުން ކުރިއަށް ޖެހިގެން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ތަރި ގިލްފީ ސިގަޑްސަން ވަނީ ދެ ބޯޅައެއް ފޮނުވާލައިފަ އެވެ. ހިލޭ ޖެހުމަކުން އޭނާ ޖެހި ބޯޅަ ނައިޖީރިއާގެ ކީޕަރު ފްރާންސިސް އޮޒޯހޯ ވަނީ މަތަކޮށްފަ އެވެ. ސިގަޑްސަން ފޮނުވާލި އަނެއް ހަމަލާދިޔައީ ގޯލާ ސީދާނުވެ އެވެ.

މި މެޗުގައި ނައިޖީރިއާގެ އެންމެ ކުރިއަށް ކުޅެމުންދިޔަ ކެލެޗީ އިހެނާޗޯ އާއި އަހުމަދު މޫސާ އަށް އެންމެ ރަނގަޅު ބޯޅަތަކެއް ލިބޭގޮތްނުވުމުން އައިސްލެންޑުގެ ޑިފެންޑަރުން ކައިރިން އެ ދެ ކުޅުންތެރިންނަށް ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާއެއް ފޮނުވާނުލެވުނެވެ.

ލިބޭ ފުރުސަތުތަކުގައި އައިސްލެންޑުން ދިޔައީ ނައިޖީރިއާ އަށް ނުރައްކާ ކުރަން މަސައްކަތްކުރަމުންނެވެ. އެ ގޮތުން ބާކީރް ބިޔޯނަސަން ފޮނުވާލި ބޯޅައެއް ނައިޖީރިއާގެ ވިކްޓަ މޯސަސްގައި ޖެހިފައި ބްލޮކްވި އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހު ވަގުތު ސިގަޑްސަން ނަގައިދިން ހުރަހަކުން އޭރިއާތެރެއިން އަލްފީ ފިންބޯގަސަން އެ ބޯޅަ ބޮލުން ގޯލަށް ފޮނުވާލަން މަސައްކަތްކުރި ނަމަވެސް ބޮލުގައި ލައްވާލާ ގޮތެއްނުވި އެވެ.

ދެ ވަނަ ހާފް ފެށިގެން ފުރަތަމަ މިނިޓް ތެރޭ ނައިޖީރިއާ އިން މި މެޗުގައި ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ބޯޅަ ފޮނުވާލީ އޮގެނެކާރޯ އިޓޭބޯ އެވެ. އޭގެ ދެ މިނިޓް ފަހުން މޫސާ ވަނީ ނައިޖީރިއާ އަށް ލީޑުނަގައިދީފަ އެވެ. ކައުންޓަ އެޓޭކުގައި ކުރިއަށް އަރައި ވިކްޓަ މޮސަސް ނަގައިން ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު މޫސާ ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 56 ވަނަ މިނިޓްގައި ނައިޖީރިއާގެ ވިލްފްރެޑް އެންޑީޑީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އައިސްލެންޑުގެ ކުޅުންތެރިއަކު ގައިގައި ޖެހިފައި ގޯލަށް ވަންނަން ދިޔަ ބޯޅަ އެ ޓީމުގެ ކީޕަރު ހެނެސް ހަލްޑޯސަން ވަނީ މަތަކޮށްފަ އެވެ.

އައިސްލެންޑުގެ ރުރިކް ގުލާސަން މެޗުގެ 67 ވަނަ މިނިޓްގައި އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ނައިޖީރިއާގެ ލީޑުޅާކޮށްދޭން މެޗުގެ 73 ވަނަ މިނިޓްގައި މޫސާ ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އެކަމަކު އުއްމީދު ދޫކޮށްނުލައި ދެން އައި ފުރުސަތުގެ ބޭނުން ހިފައި މޫސާ ވަނީ އެ ޓީމަށް ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ. އައިސްލެންޑުގެ ޑިފެންޑަރަކާއި ކީޕަރު ހަލްޑޯސަން ކައިރިން ނައްޓާލުމަށް ފަހު މޫސާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އައިސްލެންޑަށް ލަނޑެއް ޖަހައިދޭން މެޗުގެ 82 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ ސިގަޑްސަން އަތުން ވަނީ ބޭކާރުވެފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ދިން މި ޕެނަލްޓީ ސިގަޑްސަން ފޮނުވާލިއިރު، ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ފިންބޯގަސަން ފޮނުވާލި ބޯޅަ ކީޕަރު އޮޒޯހޯ ވަނީ މަތަކޮށްފަ އެވެ.