އާދީއްތަ ދުވަސް ވެސް ބަންދު، ސަރުކާރު ހުޅުވޭނީ ހޯމަ ދުވަހު
އާދީއްތަ ދުވަސް ވެސް ބަންދު، ސަރުކާރު ހުޅުވޭނީ ހޯމަ ދުވަހު

މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން، އަންނަ އާދީއްތަ ދުވަސް ވެސް ބަންދުކުރާ ގޮތަށް ހަމަޖައްސަވައިފި އެވެ.

މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ޖުލައި 26 އާ ގުޅިގެން އާންމުގޮތެއްގައި ބަންދުކުރަނީ އެ ދުވަހާއި ޖެހިގެން އަންނަ ދުވަސް އެކަނި ނަމަވެސް މިފަހަރު ވަނީ އެއް ދުވަސް އިތުރުކޮށް ބުރާސްފަތި ދުވަސް ވެސް ބަންދުކޮށްފަ އެވެ. އެހެންވެ ސަރުކާރު ހުޅުވޭ ގޮތަށް ކުރިން އޮތީ އަންނަ އާދީއްތަ ދުވަހު އެވެ.

ރައީސް އޮފީހުން ބުނީ އާދީއްތަ ދުވަސް ވެސް ބަންދުކުރަން ރައީސް އަބްދުﷲ ޔާމީން ނިންމެވީ މިނިވަން ދުވަހުގެ ކުޅިވަރުތައް ނިމެނީ 30 ވަނަ ދުވަހުގެ ރޭ ކަމަށް ވެފައި އެ ކުޅިވަރުތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ދަރިވަރުން ވެސް ބައިވެރިވާތީ އެވެ.

މިނިވަން ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތަށް ފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ އަންނަ އޯގަސްޓް މަހުގެ 1 ވާ ހޯމަ ދުވަހު އެވެ.