ކުޅިވަރުގެ ދާއިރާގައި އަންހެނުންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭ
ކުޅިވަރުގެ ދާއިރާގައި އަންހެނުންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭ

ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ތެރެއިން 40 ޕަސެންޓް މީހުންނަށް، އަންހެނަކަށްވީތީވެ، ތަފާތުކުރުން ތަޖުރިބާކުރަން ޖެހޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ކުޅިވަރުގެ ދާއިރާގައި އަންހެނުންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭ
ކުޅިވަރުގެ ދާއިރާގައި އަންހެނުންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭ

"ބިޔޯންޑް ތާޓީ ޕަސެންޓް؛ ވޯކްޕްލޭސް ކަލްޗާ އިން ސްޕޯޓް" ގެ ނަމުގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނި ގޮތުގައި އަންހެނަކަށްވީތީ ކުޅިވަރުގެ ދާއިރާގައި ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތައް ގިނަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުން މިދިޔަ މާޗް މަހާ ހަމައަށް، ދެ ޖިންސްގެ 1،152 މީހުން ބައިވެރިކޮށްގެން ހެދި ދިރާސާގައި ބުނި ގޮތުގައި އޭގައި ބައިވެރި 38 ޕަސެންޓް އަންހެނުންނަކީ ކުޅިވަރުތަކުގައި ތަފާތުކުރުންތައް ތަޖުރިބާ ކުރަން ޖެހުނު މީހުންނެވެ.

އެކަމަކު ފިރިހެނުންގެ ތެރެއިން ތަފާތުކުރުންތަކާ ކުރިމަވީ އެންމެ ފަސް ޕަސެންޓް މީހުންނަށެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ، ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ ތެރެއިން 30 ޕަސެންޓް މީހުންނަށް ޖިންސީ ގޯނާތަކާ ވެސް ކުރިމަތިލާން ޖެހިފައިވެ އެވެ. އެކަމަކު މަސައްކަތްކުރާ ދާއިރާގެ ގޮތުން ވަކި ކަހަލަ ހުރަސްތަކެއް، ދަތިތަކެއް ނުވަތަ ތަފާތު ކުރުންތައް ގެންގުޅޭކަން ކަމަކަށް ފިރިހެނުންގެ ތެރެއިން 72 ޕަސަންޓް މީހުން ގަބޫލެއް ނުކުރެ އެވެ.

އެކަމަކު 46 ޕަސެންޓް އަންހެނުން ބުނީ، އެ މީހުންނަކީ އަންހެނުންވާތީ ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހިފައިވާ ބައެއް ކަމަށެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކުޅިވަރުގެ ދާއިރާގައި އަންހެނުންނާ މެދު ތަފާތު ކުރުންތަކެއް ގެންގުޅުމަކީ ކުޅިވަރުގެ މައިދާނަށް ނުކުންނަން އަންހެނުން ޖެހިލުން ވާނެ ކަމެކެވެ. އަދި ކުޅިވަރުގެ ލީޑަޝިޕް ދައްކަން ވެސް އަންހެނުން ފަސްޖެހޭނެ ކަމެކެވެ.

"އެކަމަކު ކުޅިވަރުތައް ކުރިއެރުވެން ވެސް އޮތީ އަންހެނުންގެ ދައުރު މި ދާއިރާގައި ބޮޑުކޮށް އެ މީހުން ބާރުވެރިކޮށްގެން،" ވިމެން އިން ސްޕޯޓްސްގެ ސީއީއޯ ރުތު ހޮލްޑަވޭ ވިދާޅުވި އެވެ. "ކުޅިވަރުގެ ދާއިރާގައި އަންހެނުންނަށް ފިރިހެނުންނާ ހަމަހަމައަށް ވާދަކޮށް ފުރުސަތުތައް ހޯދެން ޖެހޭނެ."

އޭނާ ވިދާޅުވޮ ގޮތުގައި ކުޅިވަރުގެ މައިދާނުގައި އަންހެނުންނަ ތަޖުރިބާ ކުރަން ޖެހިފައިވާ ހުރަސްތަކާ ދެކޮޅަށް މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އަދި އެކަން ކުރެވޭނީ ގުޅިގެން ކުރާ މަސައްކަތަކުން ކަމަށް ވިދާޅުވި އެވެ.