ޖައްވުގައި މިލިޓަރީ ގޮތްޕެއް އުފައްދަން ޓްރަމްޕް އަމުރުކުރައްވަނީ
ޖައްވުގައި މިލިޓަރީ ގޮތްޕެއް އުފައްދަން ޓްރަމްޕް އަމުރުކުރައްވަނީ

ޖައްވުގައި ޝާމިލްވެލުމަކީ އެމެރިކާ އަށް ޝަރަފެއް ނޫން ކަމަށާއި، ޖައްވުގައި ގަދަބާރަކަށް އެމެރިކާ ވާންޖެހޭ ކަމަށް ވިދާޅުވެ، "ސްޕޭސް ފޯސް"ގެ ނަމުގައި މިލިޓަރީ ގޮތްޕެއް ޖައްވުގައި އުފައްދަން ޑިޕާޓްމަންޓް އޮފް ޑިފެންސް އަށް އަންގަވާނެ ކަމަށް ޓްރަންޕް ވިދާޅުވެއްޖެވެ.

އެމެރިކާގައި އެއާ ފޯސް އަދި ސްޕޭސް ފޯސް ވެސް އޮންނާނެ ކަމަށް ވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ އެ ދެ ގޮފި ވެސް އެއް ހަމައަކުން އެކަމަކު ވަކިވަކިން ހިންގެންޖެހޭނެ ކަމަށެވެ. މި ގޮތަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޖައްވުގައި މިލިޓަރީ ސްޓޭޝަނެއް ހެދުމަކީ އެމެރިކާ އަށް ހުއްދަ ކަމެއް ނޫނެވެ.

އެމެރިކާ އަކީ 1967 ގައި އުފެއްދި "އައުޓާ ސްޕޭސް ޓްރީޓީ"ގެ މެންބަރެކެވެ. މި އެއްބަސްވުމުގެ ދަށުން، ސުންނާފަތިކުރުވާ ފަދަ ބަރު ހަތިޔާރު ޖައްވުގައި ގުދަންކުރުން، ގެންގުޅުން އަދި ބޭނުންކުރުމަކީ، މެންބަރު ގައުމުތަކަށް މަނާކަމެކެވެ. މެންބަރުންނަށް ހުއްދަވެވިފައި ވަނީ ހަނދާއި ތަރިތައް އަދި މި ނޫންވެސް ޖައްވީ ބިންތައް ސުލްހަވެރި މާނާގައި ބޭނުންހިފުމެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ދުނިޔެއިން ބޭރަށް ދަތުރުކުރަންވީ އެވެ. އެ ކަމަށް ގާބިލު އަދި އެހައި މުއްސަނދިން އެމެރިކާގައި އެބަ ތިބި ކަމަށް ވިދާޅުވެ، ޓްރަމްޕް ވިދާޅުވީ ދިމަ ދިމާ އަށް ރޮކެޓް އުދުއްސުމުން ވެސް އެ ބޭފުޅުންގެ މަޝްހޫރުކަން ވާނީ އިތުރު ކަމަށެވެ. ބެލެވޭ ގޮތުގައި ޓްރަމްޕް އެ ވިދާޅުވީ ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކްގެ ވާހަކަ އެވެ.

ޖައްވުގައި ގަދަބާރަކަށް ވުމަށް ރަޝިޔާ އަދި ޗައިނާ ފޫގަޅައި ތިބިއިރު، އެމެރިކާ އެ ބުނާހާ ފަސޭހައިން ޖައްވު ތެރޭގައި ފެތުރިގަތުން ފަސޭހަކަމަކަށް ވާނެ ކަމަކަށް ނުބެލެވެ އެވެ. އަނެއްކޮޅުން އެއާ ފޯސްގެ ނަމުގައި މިލިޓަރީ ގުނަވަނެއް ހިންގަމުން، ޝައުގުވެރިކަން ފުށުއަރާ އެހެން މިނިވަން ގޮތްޕެއް ޑިޕާޓްމަންޓް އޮފް ޑިފެންސް އިން ހިންގުން ދަތި ކަމަކަށް ވާނެ ކަމަށް މިލިޓަރީ އޮފިޝަލުން ބުނެ އެވެ.

މިލިޓަރީ ސްޓޭޝަންތައް ޖައްވުގައި އުފައްދައި "ތަރި ހަނގުރާމަ"އިގެ ނަމުގައި މިލިޓަރީ ނެޓްވޯކެއް ބިމުން ބޭރުގައި ގާއިމުކުރުމަށް އެމެރިކާ އަބަދު ވެސް ދަހިވެތިވެ އެވެ. ހޮލީވުޑްގެ ބައެއް ސައިންސް ފިކްޝަން ފިލްމުތަކުގައި ވެސް، ޖައްވުގައި ބާރުގަދަކުރުމަށް އެމިކާ އޮންނަ ޝައުގުވެރިންކަށް ދައްކުވައި ދެ އެވެ.