25 މެއި 2016 - 11:13

ލިވަޕޫލް (މޭ 25) - ޖަރުމަނު ލީގުގެ ދެ ވަނަ ކީޕަރު މައިންޒްގެ ލޯރިސް ކާރިއަސް ލިވަޕޫލަށް ބަދަލުވެއްޖެ އެވެ.

ކާރިއަސް އަކީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އެ ޓީމާ ހަވާލުވި ފަހުން އެ ކްލަބަށް ބަދަލުވި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ.
މީގެ ކުރިން ޖެނުއަރީ މަހުގެ ޓްރާންސްފާގައި ޝާލްކާގެ ޑިފެންޑަރު ޔޮއެލް މަޓިޕް އާއި ރެޑް ސްޓާގެ މާކޯ ގްރުޔިކް އަދި ކިއުޕީއާރްގެ ޑިފެންޑަރު ސްޓީވަން ކޯލްކާ ވަނީ ލިވަޕޫލަށް ބަދަލުވެފަ އެވެ. މީގެ ތެރެއިން މަޓިޕާއި ގްރުޔިކް ލިވަޕޫލާ ގުޅެން އެއްބަސްވި ނަމަވެސް ޓީމާ ގުޅޭނީ އަންނަ ސީޒަނުން ފެށިގެންނެވެ.
އުމުރުން 22 އަހަރުގެ ކޯރިއަސް ލިވަޕޫލަށް ބަދަލުވީ 4.7 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާ ވަނީ ލިވަޕޫލާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ކުރިން މެންޗެސްޓާ ސިޓީގެ ޔޫތު ޓީމަށް ކުޅެފައިވާ ކޯރިއަސް ލިވަޕޫލަށް ބަދަލުވުމުން އެ ޓީމުގެ މިހާރުގެ ކީޕަރު ބެލްޖިއަމްގެ ސިމޮން މިންޔޮލޭ އަށް ޓީމުގެ އެއް ވަނަ ކީޕަރުގެ މަގާމު ދިފާއުކުރަން އިތުރު މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފަ އެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަން ފަށާއިރު ކޯރިއަސް ލިވަޕޫލުން ނުފެންނާނެ އެވެ. އޭނާ ޓީމާ ގުޅޭނީ ބްރެޒިލްގައި އޮންނަ ރިއޯ އޮލިމްޕިކްސްގައި ޖާމަނީގެ ޒުވާން ޓީމަށް ކުޅުމަށްފަހު އެވެ.