އިންޑިއާ-ދިވެހި ސިފައިންގެ އޮޕަރޭޝަނެއް ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގައި
އިންޑިއާ-ދިވެހި ސިފައިންގެ އޮޕަރޭޝަނެއް ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގައި

ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލުމުގެ އޮޕަރޭޝަނެއް، އިންޑިޔާގެ ކަނޑުގެ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން މިއަދު ފަށައިފި އެވެ.

އިންޑިއާ-ދިވެހި ސިފައިންގެ އޮޕަރޭޝަނެއް ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގައި
އިންޑިއާ-ދިވެހި ސިފައިންގެ އޮޕަރޭޝަނެއް ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގައި

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކޯސްޓް ގާޑާއި އިންޑިޔާގެ ކަނޑުގެ ސިފައިން ގުޅިގެން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ޕެޓްރޯލްކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަންގެ ތެރެއިން ބަލަނީ ކޮން ސަރަހައްދެއް ކަމެއް އަދި އެ ހަރަކާތް ކުރި އަށް ގެންދަނީ ކިހާ ދުވަހަަކަށް ކަމެއް ނުބުނެ އެވެ.

މިއީ ދެ ގައުމުގެ ސިފައިން ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަނެކެވެ.

މިދިޔަ މަހު ވެސް އިންޑިޔާ ސިފައިންނާ ގުޅިގެން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ އެވެ.

ދެ ގައުމު ގުޅިގެން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގެ އޮޕަރޭޝަނެއް ފެށިއިރު، ސިޔާސީ ކަންތައްތަކާ ގުޅިގެން އިންޑިޔާ އާއި ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އޭގެ ތެރޭގައި، ދެ ގައުމުގައި ދިރި އުޅޭ މީހުންނަށް ވިސާ ނުލިބުމުގެ ދަތިކަންތައް ހިމެނެ އެވެ. އެ މައްސަލައާ ގުޅިގެން ދެ ގައުމުގެ އިސް ބޭފުޅުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވާން އިންޑިއާ އިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ އަށް ދައުވަތު ދިނެވެ. އެކަމަކު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން ތަމްރީނުތަކުގައި ދިވެހި ސިފައިން އޭރު ބައިވެރިއެއް ނުވެ އެވެ.