19 ޖޫން 2018 - 07:46

ފާރުގައި ކުރެހުމަކީ އާ ކަމެއް ނޫނެވެ. އެއީ ވަކި ބާވަތެއްގެ ފަންނުވެރިކަމެއްގެ ގޮތުގައި މިހާރު ބެލެވެއެވެ. މިކަން ކުރަން ރޮބޮޓުން ވެސް ބައެއް މީހުން ގެންގުޅެއެވެ.
އިންޓަނެޓުން ފެންނަ ކަމުދާ ކުރެހުންތައް ފާރަށް އަރުވާލުމަކީ އުނދަގޫކަމެއްނޫނެވެ. މައްސަލަ ދިމަވަނީ ކުރެހި ކުރެހުން ކަމުނުދަންޏާއެވެ. އެހާ މޮޅަށް ފަވާލި ކުރެހުން ފޮހެލާނެ ގޮތެއް ނެތީމައެވެ. އެކަމަކު ސްކްރިބިޓް ބޭނުންކުރާ ނަމަ އެކަމުގެ ހާސްކަމެއް ނެތެވެ.
ސްކްރިބިޓްއަކީ ފާރުގައި ކުރަހަން ފަރުމާކޮށްފައިވާ އާލާތެކެވެ. މި އުފައްދާފައިވަނީ ކުރަހާ ކުރެހުން ފޮހެލެވޭނެ ގާބިލުކަމާއެކުގައެވެ. ސީދަލަށް ހުންނަ ކޮންމެ ތާކު ވެސް ސްކްރިބިޓް މަސައްކަތްކުރެއެވެ. މިހަރުކުރަން ބޭނުންވަނީ ފާރަށް ޖަހާނެ އިސްކުރަކާއި ކަރަންޓު ވާގަނޑު ޖަހާލާނެ ސޮކެޓެކެވެ. އިސްކުރުގައި ސްކްރިބިޓްގެ ވާކޮޅު އައްސާލާފައި ކަރަންޓުވާގަނޑު ސޮކެޓަށް ޖަހާލީމަ ނިމުނީއެވެ. އިޚުތިޔާރުކުރި ކުރެހުން، ސްކްރިބިޓްގެ އެޕަށް އަންގާލުމުން ފާރަށް އެ ކުރެހުން ނަކަލުކޮށްލާނެއެވެ.
ސްކްރިބިޓް އަކީ ހަމައެކަނި ކުރަހާ ރޮބޮޓެއް ނޫނެވެ. ރެސްޓޯރަންޓްގައި މެނޫ ލިޔަން ވެސް ބޭނުންކުރެވެއެވެ. މުހިއްމު ނޯޓުތައް ލިޔެދެއެވެ. ބޭނުން ކޮންމެ ތާކަށް ތިމާގެ ޚިޔާލާއި ވިސްނުން ގެންގޮސް މީހުންގެ ޝައުގުވެރިކަން ހޯދައިދެވެއެވެ.