17 ޖޫން 2018 - 09:38

ގަވައިދުން ޔޯގާ ހެދުމަކީ ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ ރަނގަޅުކޮށްދޭ ކަމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ނޭޗާ ރިވިއު ޔުރޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އޭއައިއައިއެމްއެސް) ގެ ދިރާސާގައި ބުނި ގޮތުގައި ފިރިހެނުން ކޮންމެ ދުވަހަކު ޔޯގާ ހެދުމުން ދަރިފަރީގެ ޑީއެންއޭ ވަރުގަދަކޮށް ދެ އެވެ.
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ދަރިފަނީގެ ބާރު ދެރަކޮށްލާ އެންމެ އާންމު މައްސަލައަކީ ޑީއެންއޭ ހަލާކުވުމެވެ. އެހެންވެ ގަވައިދުން ޔޯގާ ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދިރާސާގައި ބުންޏެވެ. އޭގައި ބުނީ ބަލިކަށި ޑީއޭއެންއާ އެކު ކުދިން އުފަންވާ ނަމަ ޖެނެޓިކް އަދި އެޕިޖެނެޓިކް ޑިސްއޯޑާ ފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
އެހެންވެ ޔޯގާއަކީ އެންމެ ރަނގަޅު އެއް ގޮތް ކަމަށާއި ގަވައިދުން ފިރިހެނުން ޔޯގާ ހެދުމުން ހަށިގަނޑަށް ލިބެންވާ އޮކްސިޖަން ލިބުމަށް މަގުފަހިވެ، ފިކުރުތަކާއި ހާސްކަމުން ވެސް ދުރުކޮށް ދޭނެ ކަމަށް ދިރާސާގައި ބުންޏެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޔޯގާއަކީ މީހާ ޒުވާންކަންމަތީ ދެމެހެއްޓުމަށް ވެސް ބާރު އަޅައިދޭ ކަސްރަތެކެވެ.