14 ޖޫން 2018 - 21:26

ރާއްޖޭގައި އެންމެ ފުޅާކޮށް މުއާސަލާތީ ހިދުމަތްދޭ ކުންފުނި، ދިރާގުން ފީފާ ވޯލްޑް ކަޕާއެކު ވަރުގަދަ ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.
ބްރިޖް ޕްލެޓްފޯމް ސަރަހައްދުގައި ބޭއްވި ހަފުލާގައި، "އެންމެން ފުޓްބޯޅަ" ނަމުގައި ކުރިއަށްގެންދާ ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ވަނީ ލޯންޗުކޮށްފަ އެވެ. އޭގެ ތެރޭގައި މެޗުގެ ނަތީޖާ ދިމާކޮށްގެން ތަފާތު ހޯދުމާއި ސޯޝަލް މީޑިއާގައި ހިންގާ އެކި މުބާރާތްތައް ހިމެނެ އެވެ.
ދިރާގުން ވަނީ ވޯލްޑް ކަޕްގެ މެޗުތައް ބެލޭނެ ގޮތް ހެދުމަށް މާލޭގެ ދެ ސަރަަހައްދެއްގައި ދެ ޖަގަހަ ވެސް ހަދައިފަ އެވެ. ބްރިޖް ޕްލެޓް ފޯމް ސަރަހައްދާއި ސޯޝަލް ސެންޓަރުގައި މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު ވޯލްޑް ކަޕާ ގުޅުން ހުރި ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ބުންޏެވެ.
ދިރާގު ޓީވީ މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެން ވެސް ވޯލްޑް ކަޕް ބެލޭނެ އެވެ. އެގޮތުން ދިރާގު ޓީވީ ހިދުމަތް ނުހޯދާ ފަރާތްތަކަށް ވެސް، ދިރާގު ޓީވީ އެޕްގައި ޔޫސަނޭމާއި ޕާސްޕޯޑަށް "ޕްލޭ" ޖެހުމުން ވޯލްޑް ބެލޭނެ އެވެ.
މެސެޖުކޮށްގެން މެޗުތަކުގެ ނަތީޖާ ދިމާކުރެވޭއިރު، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެ ޕްރޮމޯޝަނުގެ އެންމެ އަގުބޮޑު އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ބޭނުން ޓީމެއްގެ މެޗު ބެލުމަށް އިނގިރޭސިވިލާތަށް ދިއުމުގެ ފުރުސަތެވެ. އޭގެ އިތުރުން އައިފޯން 8 އާއި ސެމްސަންގް 9 އަދި އެއް އަހަރު ދުވަހަށް ދިރާގު ޓީވީ ސަބްސްކްރިކްޝަން ހިލޭ ލިބޭނެ އެވެ.
އިންސްޓަގްރާމަށް، ވޯލްޑް ކަޕާ ގުޅުން ހުރި ފޮޓޯއާއި ވީޑިއޯ ހިއްސާކޮށްގެން، ކޮންމެ ހަފުތާއަކު ސޮނީ ސްޕޯޓްސްގެ 5000ރ. ގެ ގިފްޓް ވައުޗާއެއް ލިބިގެންދާނެ އެވެ. އޭގެ އިތުރުން ޓްވިޓާއި ފޭސްބުކްގައި ކުރިއަށްގެންދާ "ކޮބާބޯޅަ" ހޭޝްޓެގް ހަރަކާތުގައި އެންމެ ގިނަ ރަނގަޅު ޖަވާބު ދޭ މީހުންނަށް ޕިއްޒާ ބޯނާގެ ޕިއްޒާ ޕާޓީ ޕެކެއް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.