ނަމަނަމަ މި އެޕް އިންސްޓޯލް ނުކުރާތި
ނަމަނަމަ މި އެޕް އިންސްޓޯލް ނުކުރާތި

ވަޓްސްއަޕް ބޭނުންކުރާ ބައެއް މީހުންނަށް، އޭގެ ހާއްސަ ވާޝަންއެއް ކަމަށް ބުނެ "ވަޓްސްއެޕް ގޯލްޑް" ކިޔާ އެޕެއް ޑައުންލޯޑްކުރުމަށް ދައުވަތު ލިބިދާނެ އެވެ. އެކަމަކު އެ ޑައުންލޯޑް ނުކުރާށެވެ. އެއީ ފޯނުތަކުން މައުލޫމާތު ވަގަށް ނެގުމަށް ބޭނުންކުރާ މެލްވެއާއެކެވެ.

ނަމަނަމަ މި އެޕް އިންސްޓޯލް ނުކުރާތި
ނަމަނަމަ މި އެޕް އިންސްޓޯލް ނުކުރާތި

މި ފޭކް އެޕް އިންސްޓޯލްކުރަން އުޅެފި ނަމަ ވަޓްސްއެޕުން ވެސް އިންޒާރު ދޭނެ އެވެ. އެއީ ތާޑްޕާޓީ އެޕަކަށް ވަޓްސްއެޕުން ހުއްދަ ނުދޭތީ އެވެ. މިއީ ވަޓްސްއެޕްގެ އުފެއްދުމެއް ނޫން ކަމަށާއި ނުރައްކާ އެބަ އޮތް ކަމުގެ އިންޒާރު ދޭނެ އެވެ. ވަޓްސްއެޕް ގޯލްޑް އިންސްޓޯލްކުރުމަށް ދައުވަތުދީ ފޮނުވާ މެސެޖުން ގޮސް ވަދެވޭނީ "ވަޓްސްއެޕް ގޯލްޑް" ވެބްސައިޓަށެވެ. މި ދައުވަތު ފޮނުވާ މީހުން ބުނަނީ މިއީ ވަޓްސްއެޕުން ސެލެބްރިޓީންނާއި ވަރަށް ހާއްސަ މީހުންނަށް ނޫނީ ދޫނުކުރާ ވާޝަނެއް ކަމަށެވެ.

މި ހާއްސަ ވާޝަނުން އެއްފަހަރާ އެތައް ބައިވަރު ފޮޓޯއެއް ފޮނުވޭނެ ކަމަށާއި އާ އިމޯޖީތަކާއި ވީޑިއޯ ކޯލިން އާއި ވަރުގަދަ ސެކިއުރިޓީ ފީޗާތައް ވެސް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު އެއީ މިއިން އެއްވެސް ކަމެއްވާ އެއްޗެއް ނޫނެވެ. އެކަމަކު ހެކަރުންނަށް ލިބިގެން ދަނީ އެ އެޕް އިންސްޓޯލްކުރާ ފޯނުގެ ކޮންޓްރޯލެވެ. ފޯނުގައި ހުރި މައުލޫމާތުތަކާއި ފޯނުގެ ލޮކޭޝަން ވެސް ހެކަރުން ދެނެގަންނާނެ އެވެ.

ވަޓްސްއެޕްގެ ނަމުގައި މީގެ ކުރިން ވެސް މިފަދަ ބައެއް އަމަލުތައް ހިންގާފައިވެ އެވެ. އެގޮތުން ވަޓްސްއެޕް ޕްލަސްގެ ނަމުގައި ވެސް ހަމަ މިގޮތަށް މީހުންނަށް ލަނޑު ދީފައިވެ އެވެ.