11 ޖޫން 2018 - 18:48

އަލޯރާ ޕޭން ހޯމް އިން ކުރިއަށް އޮތް ވޯލްޑް ކަޕާ ގުޅުވައިގެން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މާލޭގައި ފަރުނީޗަރު ވިއްކާ އެންމެ މަޝްހޫރު އެއް ފިހާރަ ކަމަށްވާ އަލޯރާ އިން ބުނީ ވޯލްޑް ކަޕްގެ ނިޔަލަށް، ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްރޮމޯޝަނގެ ބޭނުމަކީ ކަސްޓަމަރުންގެ މެދުގައި ވޯލްޑް ކަޕްގެ ފޯރި ގަދަކުރުން ކަމަށް ވެސް އެ ފިހާރަ އިން ބުނެ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ އަލޯރާ ޕޭން ހޯމްގައި ބަހައްޓާފައި ހުންނަ ކުދި ގޯލް ތަކަކަށް ލަނޑު ޖެހުމުންނެވެ. އެގޮތުން، ހަތަރު ޕަސެންޓުން ފެށިގެން ގޮސް 12 ޕަސެންޓާ ހަމަ އަށް، މި ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނެ އެވެ.
މަޝްހޫރު ބްރޭންޑްތަކުގެ ފަރުނީޗަރު ވިއްކާ ފިހާރަ އިން ބުނިގޮތުގައި، ވޯލްޑް ކަޕާ ދިމާކޮށް އެ ފިހާރައިގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އިތުރު ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ، އަލޯރާ ޕޭން ހޯމް ޕޭޖަށް ލައިކް ކުރުމަށް ފަހު، އެ ޕޯސްޓް ޝެއާކޮށް، ތިން ރައްޓެއްސަކު އެ ޕޯސްޓްގައި ޓެގު ކުރުމުންނެވެ.
މާލޭގެ ފަރުނީޗަރު ސަޕްލަޔަރުންގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ފަރުނީޗަރު އެތެރެ ކުރަމުން އަންނަ އެއް ފިހާރަ އިން ފޭސްބުކްގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން މީހަކަށް، އިނާމެއްގެ ގޮތުން ބީން ބޭގެއް ދޭނެ އެވެ.
އަލޯރާ އަކީ އީ-ވަން ސްޓޭންޑާޑް ފަރުނީޗަރު ވިއްކާ ފިހާރަ އެކެވެ. އެއީ ތިމާވެއްޓާއި ސިއްހަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ފެންވަރުގެ ފަރުނީޗަރެވެ. ފެންވަރު ދަށް ފަރުނީޗަރުގައި "ފޯމަލްޑިހައިޑް"ގެ މާއްދާ ހިމެނެ އެވެ. އެއިން ސިއްހަތައް ގެއްލުންތަކެއް ލިބުން އެކަށީގެންވެ އެވެ. އަލޯރާ އިން ވިއްކާ ފަރުނީޗަރުން ނޭދެވޭ އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އެ ފިހާރަ އިން ދެ އެވެ.