ޔާހޫ މެސެންޖާގެ ބަދަލުގާއާ އެޕެއް ލޯންޗް ކުރަނީ
ޔާހޫ މެސެންޖާގެ ބަދަލުގާއާ އެޕެއް ލޯންޗް ކުރަނީ

އަންނަ މަހުގެ 17 އިން ފެށިގެން ޔާހޫ މެސެންޖާ ހުއްޓައިލާ ގޮތަށް ނިންމައިފި އެވެ.

މިދިޔަ މާޗް މަހުގެ 9 ވަނަ ދުވަހު 20 އަހަރު ފުރުނު ޔާހޫ މެސެންޖާ ހުއްޓާލައި އޭގެ ބަދަލުގައި ބޭނުން ކުރެވޭނެ އާ އެޕެއް ލޯންޗް ކުރަން ވަނީ ނިންމައިފަ އެވެ. އެއީ ޔާހޫ ސްކްރަލް އެވެ.

ދަ ނެކްސްޓް ވެބުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ މަހުން ފެށިގެން ސްކްރަލް އެޕް އަންނަނީ ޓެސްޓް ކުރަމުންނެވެ. އެކަމަކު އެ އެޕް ލިބޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އާ އެޕްވެގެން ދާނީ، ބޭނުން ކުރަން މާ ފަސޭހަ، ގްރޫޕް މެސެޖިން އެޕަކަށެވެ.

"އަހަރެމެން ޔާހޫ މެސެންޖާ ތައާރަފު ކުރި ފަހުން އެ އެޕް ބޭނުން ކުރާ މީހުން އަދިވެސް ވަރަށް ގިނަ. އެކަމަކު ޒަމާނަށް މި އަންނަ ބަދަލާ އެކު، ކަސްޓަމަރުން މިހާރު އެންމެ ބޭނުންވާ ގޮތަށް އެބަ ޖެހޭ ބަދަލުތަކެއް ގެންނަން،" ޔާހޫން ބުންޏެވެ. "އެހެންވެ އާ އެޕްވެގެން ދާނީ މާ ބޮޑަށް ފުރިހަމަ، ބޭނުން ކުރަން ފަސޭހަ އެޕަކަށް."

ޔާހޫ މެސެންޖާއަކީ ސްމާޓްފޯންތައް ތައާރަފުވުމުގެ ކުރިން ކޮމްޕިއުޓަރުތައް ބޭނުން ކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު އެޕެކެވެ.

އެކަމަކު ސްމާޓްފޯންތަކާ އެކު ވަޓްސްއެޕް، ވައިބާ، ފޭސްބުކް މެސެންޖާ އަދި ސްނެޕްޗެޓް ފަދަ އެޕްތަޖުގެ މަގުބޫލުކަން މިހާރު މާ ބޮޑެވެ.