10 ޖޫން 2018 - 14:43

ގޮވާމުން ޒަކާތް ބަލައިގަންނަން، އިސްލާމިކް މިނިސްޓްރީން މިއަދު ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ، އަންނަ އަންގާރަ ދުވަހާ ހަމައަށް ގޮވާމުން ޒަކާތް ބަލައިގަންނާނެ ކަމަށެވެ. އެގޮތުން އަރަބިއްޔާ ސްކޫލުގައި ޒަކާތް ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނާއި މެންދުރުގެ އިތުރުން ރޭގަނޑުގެ އެކި ވަގުތުގަ އެވެ.
ގޮވާމުގެ ގޮތުގައި ލިބޭ ޒަކާތް ބަހަން މިނިސްޓްރީން ހަމަޖައްސާފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.
ގޮވާމުގެ ބާވަތްތަކުން ޒަކާތް ދެއްކުމަށް ހުޅުވާލިއިރު، ފައިސާ އިން ޒަކާތް ދެއްކުމުގެ ފުރުސަތު މިއަދު ރަށްތަކަށް ހަމަވާނެ އެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީ އަށް ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް އޮންނާނެ އެވެ. ދިރާގާއި އުރީދޫގެ އިތުރުން ބީއެމްއެލް އާއި އިސްލާމިކް ބޭންކް މެދުވެރިކޮށް ވެސް މިހާރު ޒަކާތް ދެއްކޭނެ އެވެ.
ޒަކާތް ދައްކަންޖެހޭނީ އެ ބަޔަކު އަހަރެއްގެ ތެރޭގައި ކައި އުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯ އެވެ.