މެޕްސް ކޮލެޖު: ފެންވަރު ރަނގަޅު މަތީ ތައުލީމަކަށް
މެޕްސް ކޮލެޖު: ފެންވަރު ރަނގަޅު މަތީ ތައުލީމަކަށް

ދިވެހި ރާއްޖޭގައި ހުރި މަތީ ތައުލީމު ދޭ މަރުކަޒުތަކުގެ ތެރެއިން މެޕްސް ކޮލެޖަކީ އެންމެ ގިނަ ދުވަސް ވީ އެއް މަރުކަޒެވެ. މެޕްސް ކޮލެޖުގެ ނަން މަޝްހޫރުވެފައިވަނީ "ފެންވަރު ރަނގަޅު" ތައުލީމު އަދި "ބައިނަލްއަގުވާމީ" ފެންވަރަށް ކިޔަވައިދޭ ބިޒްނަސް ސްކޫލެއްގެ ގޮތުގަ އެވެ.

މެޕްސް ކޮލެޖު: ފެންވަރު ރަނގަޅު މަތީ ތައުލީމަކަށް
މެޕްސް ކޮލެޖު: ފެންވަރު ރަނގަޅު މަތީ ތައުލީމަކަށް

އެ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ ފޯ ކޮލިޓީ އެންޑް ޑެވެލޮޕްމަންޓް، މެތިއު ސްޓްރީޓް ވިދާޅުވީ މެޕްސް ކޮލެޖުން އެންމެ ބޮޑު އިސްކަމެއް ދެނީ ތައުލީމުގެ ކޮލިޓީ ހިފެހެއްޓުމަށް ކަމަށެވެ. އެތަނުގައި ގިނައިން ހިންގަނީ އިންޓަނޭޝަނަލް ޕްރޮގްރާމްތައް ކަމަށް ވުމުން، އެސެސްމަންޓް މާކްކުރަނީ ވެސް ރާއްޖެއިން ބޭރުގެ ކޮލިފިކޭޝަން އެވޯޑް ކުރާ ފަރާތްތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

މެޕްސް ކޮލެޖު: ފެންވަރު ރަނގަޅު މަތީ ތައުލީމަކަށް
މެޕްސް ކޮލެޖު: ފެންވަރު ރަނގަޅު މަތީ ތައުލީމަކަށް

ސްޓްރީޓް ވިދާޅުވި ގޮތުގައި މެޕްސް ކޮލެޖުން ކިޔަވައިދެނީ ބައިނަލްއަގުވާމީ މުގައްރަރުތަކުގައި ކަނޑައަޅާފައިވާ މަގުސަދުތައް ހާސިލްކުރުމަށެވެ.

ބޭރުގެ ޕްރޮގްރާމްތަކުގެ އިތުރުން އެ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތައް ވެސް ހިންގަ އެވެ. އެއީ ވެސް ބައިނަލްއަގުވާމީ ޕްރޮގްރާމްތަކޭ އެއްގޮތަށް ކޮލިޓީ ހިފެހެއްޓި، އެސެސްމަންޓްތަކާއި އިމްތިހާނުތައް ތައްޔާރުކުރެވި ކިޔަވައިދޭ ޕްރޮގްރާމްތަކެކެވެ.

މެޕްސް ކޮލެޖްގެ ޑެޕިއުޓީ ރެކްޓާ، އަބްދުލް އަޒީޒު އިބްރާހިމް ވިދާޅުވި ގޮތުގައި މެޕްސް ކޮލެޖާ މެދު ރާއްޖޭގެ ކުންފުނިތަކާއި، ވަޒީފާ ދޭ ފަރާތްތަކުގެ އިތުބާރު އެބަ އޮތެވެ. އެއީ ކުންފުނިތަކާއި، ސަރުކާރުގެ މުޢައްސަސާތަކުން ސްޕޮންސާ ކޮށްގެން ކިޔަވާ އެތައް ކުދިންނެއް ކޮލެޖްގައި ކިޔަވަމުން ދިއުމެވެ. މިއީ ހަމަ ޔަގީނުން ވެސް ކޮލެޖާ މެދު ވަޒީފާ ދޭ ފަރާތްތަކާއި، އެ ތަންތަނުގެ މުއައްޒަފުންގެ އިތުބާރު އޮތްކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މެޕްސް ކޮލެޖުގެ ދަރިވަރުން އިންޓަނޭޝަނަލް އިމްތިހާނުތަކުން ރަނގަޅު ނަތީޖާތައް އަންނަނީ ހޯދަމުންނެވެ. މިގޮތުން އޮސްޓްރޭލިއަން އިންސްޓްޓިޓިއުޓް އޮފް ބިޒްނަސްގެ މާސްޓާސް ޕްރޮގްރާމާއި ޑިގްރީ ޕްރޮގްރާމްތަކުން މަތީ ނަތީޖާތައް، އެ ކޮލެޖްގެ ދަރިވަރުން ނެރެ އެވެ. މީގެ އިތުރުން ޔުނިވާސިޓީ އޮފް ބެޑްފެޑްޝާގެ ޑިގްރީ ޕްރޮގްރާމްތަކާއި މާސްޓާސް ޕްރޮގްރާމްތަކުން ހޯދަމުން އަންނަ ނަތީޖާ ވެސް ފާހަގަކުރެވެ އެވެ. އޭސީސީއޭ އަދި އޭބީއޭގެ އިމްތިހާންތަކުން ވެސް ރަނގަޅު ނަތީޖާ އަންނަނީ ހޯދަމުންނެވެ.

ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް މެޕްސް ކޮލެޖުގެ ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ފައުންޑޭޝަން ލެވެލެ އިން ފެށިގެން މާސްޓާސް ލެވެލްގެ ޕްރޮގްރާމްތައް މި މަހު ފަށަން ވަނީ ހަމަޖައްސައިފަ އެވެ. ބިޒްނަސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އެކައުންޓިން، ޓްރެވެލް އެންޑް ޓޫރިޒަމް، މާކެޓިން އަދި އައިޓީގެ ދާއިރާއިން ކަމުގައިވާ ނަމަ މެޕްސް ކޮލެޖްގައި މިހާރު އެ ފުރުސަތު ވަނީ ފަހިވެފަ އެވެ.

އެ ކޮލެޖުން ހިންގާ އެމްބީއޭ ޕޮރޮގްރާމްތަކުގައި ތިން ދާއިރާއަކުން ހާއްސަ ވެވެ އެވެ. އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ބެޑްފެޑްޝާގެ މި ޕްރޮގްރާމްތަކުގެ ތެރޭގައި، ބިޒްނަސް، ފައިނޭންސް އަދި ހޮސްޕިޓަލް މެނޭޖްމަންޓް ހިމެނެ އެވެ. އަދި ކޮލެޖްގެ އެސޯސިއޭޓް ޑިގްރީ ޕޮރޮގްރާމްތަކަކީ ތަފާތު ދާއިރާތަކުން ހާއްސަވެވޭ އަދި ބްލޮކް މޯޑަށް ކިޔަވައިދެވޭ، ކޮލެޖްގެ އެންރޯލްމަންޓް އެންމެ މަތީ ޕްރޮގްރާމެވެ. އަދި ކޮލެޖްގެ ސެޓްފިކެޓް ލެވެލްގެ ކޯސްތަކަކީ ކުދިންގެ ފެންވަރު ޑިގްރީ ޕޮރޮގްރާމްގައި ބައިވެރިވުމަށް އެންމެ ރަނގަޅަށް ތައްޔާރު ކޮށްދެވޭ އަދި ކުދިންގެ ޝަޢުޤުވެރިކަން ހޯދައިވާ ޕޮރްގްރާމްތަކެކެވެ.

ހަމަ ޔަގީނުން ވެސް، މަތީ ތައުލީމަށް ދާން ބޭނުންވާނީ އެންމެންގެ އިތުބާރު ލިބިފައިވާ ތަނަކަށެވެ. އެހެން ކަމަށްވާ ނަމަ މަތީ ތައުލީމަށް މެޕްސް ކޮލެޖް އިހުތިޔާރު ކުރާށެވެ.