ތަރުމޯޒު ޑްރޯން
ތަރުމޯޒު ޑްރޯން

ސާފު ފޮޓޯ ނަގައިދޭ މޮޅު ޑްރޯންތައް މިހާރު ބާޒާރުގައި ވަރަށް ގިނައެވެ. މިފަހަކަށް އައިސް އުފައްދާ ޑްރޯންތަކަކީ އަގުބޮޑަކަސް ރޭވުމާއި ގެންގުޅުމުގައި ވަރަށް ތަކުލީފު ކުޑަ ޑްރޯންތަކެކެވެ. މީގެ ތެރޭން ވެސް ލެވްޓޮޕް ހިމެނިގެންދާނީ ނަމޫނާ ޑްރޯނަކަށެވެ. ރާވަން ފަސޭހަވުމުގެ އިތުރުން އުފުލައި ގެންގުޅެން ވެސް ފަސޭހައެވެ. ބަލާ ބެލުމަށް ހީވާނީ ތަރުމޯޒެއްހެނެވެ.

ލެވެޓޮޕަކީ އެހެން ޑްރޯނަތަކެކޭ އެއްގޮތަށް މޮޅު ހުރިހާ ސިފައެއް ލިބިފައިވާ ޑްރޯނެކެވެ. 20 މިނިޓު ވަންދެން ގަޑިއަކު 33 މޭލު ބާރުމިނުގައި އުދުހިލެވެއެވެ. ބިމުން މައްޗަށް 100 މީޓަރަށް އަރައެވެ. ފޯނާ ގުޅުވާލުމުން، ފޯނު ދާ ކޮންމެ ތާކަށް ދާ ފެންވަރުގެ ބާރު، މި ޑްރޯންގެ ޖީޕީއެސް ސިސްޓަމްގައިވެއެވެ. މިހުރިހައި ކަމެއް އެއްކިބައިގައި އޮއްވާ ލެވެޓޮޕްގެ މޮޅުކަން ގުޅިފައިވަނީ މީގެ ފަރުމާއާ އެވެ.

ލެވެޓޮޕް ފަރުމާކޮށްފައިވަނީ ތަރުމޯޒަކުން ފިޔަ ފަޅާފައި ހުންނަ ހެންނެވެ. އުދުއްސާލަންވީމާ، ފިޔަގަނޑު ހިއްލާލާފަ ފޯނުން ފިތަކަށް އޮބާލަންވީއެވެ. ފޯނު އަނބުރާ ކޮޅުކޮޅަށް ލެވެޓޮޕް އުދުހޭނެއެވެ. މިއަށް ފިލަން ކިތަންމެ ބާރަށް ދުވިޔަސް ފަހަތުން އަރާ ހަމަކުރާނެއެވެ.

ދަތުރު ނިމުމުން ފެށި ހިސާބަށް ރީތިކޮށް ޖައްސާނެއެވެ. ދުއްވާ ނިމުމުން ޖެހޭނީ ހަތަރު ފަރާތުން ފިޔަގަނޑު ތިރިކޮށްލާށެވެ. މިހާރު ބަލާ ބެލުމަށް ވައްތަރުވާނީ ތަރުމޯޒަކާއެވެ. މީގެ ދަބަހަކީވެސް ތަރުމޯޒުލާ ދަބަހެއްގެ ސިފައަށް ފަހާފައިވާ ހަން އުރައެކެވެ. ދިގަށް ވަށްބުރަށް ހުންނަ މި ދަބަސް، ވަށާޖެހޭ ޒިބަކުން ބަންދުކޮށްލުމަށްފަހު މީގެ ބުޅިގަނޑު، ފަޓުލޫނުގެ ބެލްޓު ލޫޕުގައި އަޅުވާލައިގެން ގެއަށްދާންވީއެވެ.