ކޮފީން ޓީމް ވޯކް ރަނގަޅުކޮށްދޭ
ކޮފީން ޓީމް ވޯކް ރަނގަޅުކޮށްދޭ

ގިނަ ބަޔަކު އެކީގައި މަސައްކަތް ކުރާ ނަމަ ކޮފީއަކީ މަސައްކަތުގެ ކޮލިޓީ ރަނގަޅުކޮށްދީ، މަސައްކަތުގެ ރޫހު ވެސް އިތުރުކޮށްދޭ ކަމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ކޮފީން ޓީމް ވޯކް ރަނގަޅުކޮށްދޭ
ކޮފީން ޓީމް ވޯކް ރަނގަޅުކޮށްދޭ

އެމެރިކާއޯ އޮހާޔޯ ސްޓޭޓް ޔުނިވަސިޓީ އާއި ކެލިފޯނިއާ ޔުނިވަސިޓީ ގުޅިގެން ހެދި ދިރާއެއްގައި ބުނި ގޮތުގައި ގްރޫޕް މަސައްކަތެއް ކުރާ ނަމަ ކޮފީއަކީ އުފެއްދުންތެރި ހިޔާލު ލިބި، ކަންކަމާ ދޭތެރޭ ޕޮޒިިޓިވްކޮށް ވިސްނަން މަގުފަހި ކުރުވާ އެއްޗެކެވެ. މިކަމުގެ ސަބަބުން، ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުވެފައި، މަސައްކަތެއް ނިންމައިލާ އިރު، ލިބޭ ހިތްހަމަޖެހުން ވެސް ބޮޑު ކަމަށް ފާހަގަކޮށްފައިވެ އެވެ.

ސައިކޮފާމަކޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި ކޮފީއަކީ މީހާ އެލާޓްކޮށްދޭ އެއްޗެކެވެ. ނަތީޖާއަކީ ކުރާ މަސައްކަތުގެ ފޯކަސް ނުގެއްލި، އެ މަސައްކަތެއް ނިންމަން ހިތްވަރާ އެކު މަސައްކަތް ކުރަން ބާރު އަޅައި ދިނުމެވެ.

"ކަމެއް ކުރާ ކަމެއް ވަންޏާ އެކަމެއްގެ ތެރެއަށް ސީރިއަސްކޮށް ވަދެގެން ނޫނީ ކުރާ މަސައްކަތުގެ ކޮލިޓީ އެހާ ރަނގަޅެއް ނުވާނެ. އެހެންވެ ދިރާސާގައި އަހަރެމެންނަށް ފާހަގަކުރެވުނު އެންމެ މުހިއްމު އެއް ކަމަކީ އެލާޓްގައި ހުރެގެން މަސައްކަތް ކުރުމުން މަސައްކަތުގެ ކޮލިޓީ މާ ބޮޑަށް ވެސް ރަނގަޅުކޮށްދޭ ކަމަށް،" ދިރާސާ ޓީމްގައި ހިމެނުނު އަމިތު ސިންގް ބުންޏެވެ. "އެހެންވެ އެކަމަށް އޮތް ފަރުވާއަކީ ކޮފީއާ އެކު މަސައްކަތް ކުރުން."

އޭނާ ބުނި ގޮތުގައި ކޮފީއަކީ "ކިކް" ގެނުގައިދޭ އެއްޗެކެވެ. އެހެންވެ މަސައްކަތެއް ކުރާ އިރު، ކޮފީ ހަނދާން ނުތުލުމަކީ މުހިއްމު ކަމެއް ކަމަށް ބުންޏެވެ.

ކުރީގެ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ދުވާލެއްގެ މައްޗަށް ތިން ތަށި ކޮފީ ނަމަ، ލިއްބައިދޭ ސިއްހީ ފައިދާތައް ގިނަ އެވެ.