އެސްޓީއޯގެ ފިއުލް ޝެޑެއް ތިނަދޫގައި ހުޅުވައިފި
އެސްޓީއޯގެ ފިއުލް ޝެޑެއް ތިނަދޫގައި ހުޅުވައިފި

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަނެއް ގދ. ތިނަދޫގައި ހުޅުވައި، ޚިދުމަތް ދޭން މިއަދު ފަށައިފި އެވެ.

އެސްޓީއޯގެ ފިއުލް ޝެޑެއް ތިނަދޫގައި ހުޅުވައިފި
އެސްޓީއޯގެ ފިއުލް ޝެޑެއް ތިނަދޫގައި ހުޅުވައިފި

އެސްޓީއޯ އިން ބުނީ ތިނަދޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި "އީޒީ ފިލް" ޝެޑް ހުޅުވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ކަމަށެވެ. ތިނަދޫގައި ހުޅުވި ޝެޑުގައި 274،500 ލީޓަރުގެ ޑީސަލާއި 17،500 ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯގެ ފިއުލް ޝެޑެއް ތިނަދޫގައި ހުޅުވައިފި
އެސްޓީއޯގެ ފިއުލް ޝެޑެއް ތިނަދޫގައި ހުޅުވައިފި

މި ޝެޑްގައި ތިން ޕެޓްރޯލް ޑިސްޕެންސަރާއި އެއް ޑީސަލް ޑިސްޕެންސަރު ހުރެ އެވެ.

ތިނަދޫ އެސްޓީއޯ ފިއުލް ޝެޑްގެ ސަބަބުން، އެ ރަށުގެ އިތުރުން އެ ސަރަހައްދުގެ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މާލޭގެ ތިން ސަރަހައްދެއްގައި އެފްއެސްއެމުން ތިން ޝެޑެއް ހިންގަ އެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ފިއުލް ޝެޑްތައް ވަނީ ހުޅުވައިފަ އެވެ. އެއީ ހުޅުމާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކުގަ އެވެ.