ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބާއްވަން ނިންމައިފި
ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބާއްވަން ނިންމައިފި

މި އަހަރުގެ ރިޔާސީ އިންތިހާބު، ސެޕްޓެމްބަރު 23ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބާއްވަން ނިންމައިފި
ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބާއްވަން ނިންމައިފި

އިންތިހާބު ބާއްވާ ތާރީހު އިއުލާންކުރީ، ސިޔާސީ ޕާޓީތަކުގެ މަންދޫބުންނަށް ދައުވަތު ދީގެން، އިންތިހާބާ ބެހޭ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބާއްވަން ނިންމައިފި
ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބާއްވަން ނިންމައިފި

އެ ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 15 ގައި ހުޅުވާލާނެ ކަމަށެވެ. އިންތިހާބަށް ކުރިމަތިލުމަށް 10 ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ބާއްވާ ތާރީޚް، މިފަހަރު ދިމާވަނީ އާދީއްތަދުވަހަކާ ކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، އެ ދުވަސް ބަންދުކޮށްދޭން ސަރުކާރުގައި އެދޭނެ ކަމަށެވެ. މިރޭގެ ރަސްމިއްޔާތުގައި އިލެކްޝަންސުން ވަނީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން އެކުލަވާލާފައިވާ ޓައިމްލައިން އާއްމުކޮށްފަ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދޭ މީހުންގެ ރީރެޖިސްޓްރޭޝަން، 17 ޖުލައިގައި ހުޅުވާލާނެ އެވެ. އިންތިހާބަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރުމަށް ހަމަޖައްސާފައި ވަނީ އޮގަސްޓް 9 ގަ އެވެ.

އޭނާ ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓް އާދިއްތަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ. އެ ލިސްޓަކީ އައިޑީކާޑު ޔުނިޓްގެ ރަޖިސްޓްރީ ކަމަށާއި އެއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ވޯޓާސް ލިސްޓްގައި ޝަކުވާއެއް ވާނަމަ ކައުންސިލްތަކާއި އިލެކްޝަން ކޮމިޝަންގެ ފޯކަލް ޕޮއިންޓްތަކުގެ އިތުރުން އެކޮމިޝަންގެ ހޮޓްލައިން 1414 އަށް ގުޅައިގެން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ޝަކުވާ ހުށަހަޅަން ޖެހޭ ފޯމް އިލެކްޝަން ކޮމިޝަނުން ދޫކުރާއިރު އެކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެކޮމިޝަނުން ބުނެ އެވެ.

ވޯޓާސް ލިސްޓް ސައްހަކަން ކަނޑައަޅައި ކެނޑިޑޭޓުންގެ މަންދޫބުން ލިސްޓްގައި ސޮއިކުރުން އޮތީ އޮގަސްޓް 31 ގަ އެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓި ތަންތަނުގެ އިތުރުން މިފަހަރު އިންޑިއާގެ ބެންގަލޫރުގައި ވެސް ވޯޓްފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓްފޮށި ބެހެއްޓީ އިންޑިއާގެ ޓްރިވެންޑްރަމާއި ނިއު ދިއްލީ އާއި ސްރީ ލަންކާގެ ކޮލޮމްބޯ އާއި މެލޭޝިއާގެ ކުއާލަލަމްޕޫރާއި ސިންގަޕޫރުގެ އިތުރުން އިނގިރޭސިވިލާތުގަ އެވެ.

"ވޯޓް ފޮށި ބަހައްޓާ ތަންތަން އަންނަ ޖުލައި މަހު އިއުލާން ކުރާނަން، އެ ތަންތަން އޮބްޒާވް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން،" ޝަރީފް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިއާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ. ރިއާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިއާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަންޖެހޭނެ އެވެ.

ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން ރިއާސީ ދައުރު ގުނަން ފަށަނީ ރިއާސީ އިންތިހާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އިންތިހާބު ބާއްވަން ޖެހޭއިރު، އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. އެކަމަކު އެ ތުހުމަތުތައް ދޮގުކޮށް، އިލެކްޝަނުން ބުނެފައި ވަނީ އެ ކޮމިޝަނުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުތަކެކޭ އެއްގޮތަށް ރިޔާސީ އިންތިހާބު ވެސް މިނިވަންވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ.