ސުނީތާގެ ހަދިޔާއެއް 28 ގައި، އިންތިޒާރުކޮށްލާ
ސުނީތާގެ ހަދިޔާއެއް 28 ގައި، އިންތިޒާރުކޮށްލާ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަށް ސަޕޯޓްކުރާ ރާއްޖޭގެ އެންމެ ބޮޑު ފޭނަކީ ސުނީތާ އަލީކަން އޭނާ ވަނީ ސާބިތުކޮށް ދީފަ އެވެ. ޕްރިޔަންކާ އަށް ސަޕޯޓްކޮށްގެން އިތުރަށް ލިބުނު މަޝްހޫރުކަމާ އެކު އޭނާވެގެން ގޮސްފައި ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މީހަކަށެވެ.

ސުނީތާގެ ހަދިޔާއެއް 28 ގައި، އިންތިޒާރުކޮށްލާ
ސުނީތާގެ ހަދިޔާއެއް 28 ގައި، އިންތިޒާރުކޮށްލާ

އެހެންވެ މި ނެށުންތެރިޔާ ކުރާނުކުރާ ކަމެއް ބަލަން ފޭނުން ވެސް މިހާރު ތިބެނީ ކެތްމަދުވެފަ އެވެ. އެފަދަ ފަރާތްތަކަށް ހަދިޔާއަކާ އެކު އަންނަން ސުނީތާ މިހާރު ހުރީ ތައްޔާރަށެވެ.

ސުނީތާގެ ހަދިޔާއެއް 28 ގައި، އިންތިޒާރުކޮށްލާ
ސުނީތާގެ ހަދިޔާއެއް 28 ގައި، އިންތިޒާރުކޮށްލާ

މި މަހުގެ 28 ވަނަ ދުވަހަށް އިންތިޒާރުކޮށްލާށެވެ. އޭނާގެ އުފަން ދުވަހާ ދިމާކޮށް ހާއްސަ ލަވައަކާ އެކު ސުނީތާ ފޭނުންނާ ބައްދަލު ކުރާނެ އެވެ.

މި ފަހަރުގެ ލަވަ ވަކިން ހާއްސަ އެވެ. ސަބަބަކީ މި ފަހަރު އޭނާ ފެނިގެންދާ ލަވައަކީ ސީދާ އޭނާގެ އަޑުން ކިޔާފައިވާ ލަވަޔަކަށް ވުމެވެ.

ލަވައިގެ ނަމަކީ "ސުނީތާ އޯ މައި ޑާލިން" އެވެ. ޕްރިޔަންކާ ހެދުން އަޅާ ގޮތާއި އޭނާގެ ހެއާ ސްޓައިލާއި ނެށުމުގައި ވެސް ގެންގުޅޭ ބަނޑިތައް ކޮޕީ ކުރެވޭތޯ ސުނީތާ މިހާރު ވަރަަށް ބޮޑަށް ބަލަ އެވެ.

އެހެންވެ ސުނީތާގެ އަޑުން ކިޔާފައިވާ ލަވަ މި ފަހަރު ޕްރިޔަންކާގެ އަޑުން ކިޔާފައިވާ "އިން މައި ސިޓީ" އާއި "އެގްޒޯޓިކް" ކަހަލަ ލަވަތަކާ އޭނާގެ ފޭނުން އަޅާކިޔާނެ އެވެ. ޕްރިޔަންކާއެކޭ އެއްގޮތަށް ސުނީތާ އަށް ވެސް ލަވަ ކިޔޭކަން އޭރުން ޔަގީން ވާނެ އެވެ.

"އޯ މައި ޑާލިން" އާ ބެހޭ ގޮތުން އޭނާގެ ފޭސްބުކްގައި ބުނެފައި ވަނީ އެ ލަވައަކީ އޭނާ ސިލްސިލާކޮށް ހަދަމުން އަންނަ ވީސީޑީ "ހިތް ދީވާނާ 7" ގެ ލަވައެއް ކަމަށެވެ.

"މި ލަވަ ވެގެން ދާނީ ހިތް ދީވާނާ ހަތެއްގައި ހިމެނޭ ހާއްސަ ލަވައަށް،" ގޮމަ ގްރޫޕްގެ ނެށުންތެރިންނާ އެކު ހަދާފައިވާ ލަވަ އާ ބެހޭ ގޮތުން ސުނީތާ ބުންޏެވެ.