07 ޖޫން 2018 - 12:38

މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އާއި އެކްޓަރު ބްރެޑްލީ ކޫޕާ އެކުގައި ކުޅެފައިވާ ފުރަތަމަ ފިލްމް "އަ ސްޓާ އިޒް ބޯން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކޫޕާގެ އަލަތު ޑައިރެކްޝަން ވެސް މެ އެވެ. އެހެންވެ ފިލްމަޑް ކުރެވޭ އިންތިޒާރީތައް ވެސް ބޮޑެވެ. އަނެއްކޮޅުން ގާގާ އާއި ކޫޕާގެ ކެމިސްޓްރީން ބޮޑު ސްކްރީނުން ދެކިލުމުގެ ޝައުގުވެރިކަން ދެ މީހުންގެ ފޭނުންގެ މެދުގައި ވެސް ބޮޑެވެ.
ދެ ލަވަކިޔުންތެރިއެއްގެ ވާހަކަ ކިޔައިދޭ "އަ ސްޓާ އިން ބޯން" އަކީ 1937 ގައި ހަމަ އެ ނަމުގައި ގެނެސް ދިން ފިލްމެއްގެ ރިމެކިންއެކެވެ. އަދި މިއީ އެ ފިލްމްގެ ރިމެކިންއެއް ސިނަމާ އަށް އަންނަ ތިން ފަހަރު ވެސް މެ އެވެ.
މި ފިލްމްގެ ރިމެކިންއެއް އެންމެ ފުރަތަމަ ގެނެސް ދިނީ 1954 ގަ އެވެ. އެ ފިލްމްގައި ލީޑް ރޯލް ކުޅުނީ ޖޫޑީ ގާލަންޑް އާއި ޖޭމްސް މޭޒްން އެވެ. ދެވަނަ ރިމެކިން 1976 ގައި ސްކްރީނަށް އައީ ބާބަރާ ސްޓްރެއިސެންޑާއި ކްރިސް ކްރިސްޓޮފާސަންއާ އެކުގަ އެވެ.
ވޯނާ ބްރަދާޒް އިން ޑިސްޓްރިބިއުޝަނާ ހަވާލުވެފައިވާ ކޫޕާ އާއި ގާގާގެ ވާޝަން "އަ ސްޓާ އިޒް ބޯން" ސިނަމާތަކަށް އަންނާނީ އަންނަ އޮކްޓޯބަރު މަހުގެ 5 އެވެ.