07 ޖޫން 2018 - 12:05

ދާދި ފަހުން ހުޅުވުނު ރެސްޓޯރެންޓެއް ނަމަވެސް، ދަ ކިޗަން އަކީ ކޮން ތަނެއްކަން ނޭނގޭ ޒުވާނަކު މިހާރު މަދުވާނެ އެވެ. އެކި ހިސާބުތަކުގެ ތަފާތު ރަހަތަކުން މުއްސަނދިވެފައިވާ ރެސްޓޯރެންޓެކެވެ.

ނަމަވެސް މިފަހަރު މިއޮތީ އެ ރެސްޓޯރެންޓުގެ ވާހަކަ އެއް ނޫނެވެ. ޖަނަވަރީ މަގުން ގޮސް ހިތިގަސްމަގަށް އަޅާއިރު ކުރިމައްޗަށްވާ ގޮތަށް، ދެ ބުރިއަށް ހަދާފައި ހުރި ބޮޑު ރެސްޓޯރެންޓުގެ ތިރީ ބުރީގައި ހުންނަ އެ ތަނުގެ ބޭކަރީގެ ވާހަކަ އެވެ.
ކިޗަން އެންމެ ބޮޑަށް މަޝްހޫރު ވެގެން ދިޔައީ އެތަނުގެ ބޭކަރީގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ސްޕައިސީ ސިގްނޭޗާ ބްރެޑާ އެކުގަ އެވެ. މިއީ އެ ތަނުގެ ވަރަށް ޚާއްސަ އުފެއްދުމެކެވެ.
އަނެއްކާ ވެސް މިހާރު މި ވަނީ އިތުރު އުފެއްދުންތަކެއް އެ ތަނަށް އައިސްފަ އެވެ. ބިންބި ފުށުން ތައްޔާރުކޮށްފައިވާ ކުރަކަން ބްރެޑް އެވެ. މިއީ އަނެއްކާ ވެސް އެ ތަނުގެ ވަރަށް ޚާއްސަ އަމިއްލަ އުފެއްދުމެކެވެ.
ކިޗަންގެ ބޭކަރީ ތަފާތުވަނީ އެ ތަނުގެ އުފެއްދުންތަކަކީ، އިންގްރީޑިއަންޓްސް ގެނެސްގެން އަމިއްލަ އަށް އުފައްދާ ތަކެއްޗަށް ވާތީ އެވެ.
"މިތާގެ އުފައްދާ އެއްވެސް އެއްޗަކީ ރެޑީ މިކްސް ބޭނުންކޮށްގެން ތައްޔާރުކުރާ އެއްޗެއް ނޫން. ހުރިހާ އެއްޗެއް ވެސް ތައްޔާރުކުރާނީ އިންގްރީޑިއަންޓްސް ބޭނުން ކޮށްގެން އަޅުގަނޑުމެން އަމިއްލަ އަށް،" ކިޗަންގެ މާކެޓިން މެނޭޖަރު ޝަފްނާޒް އުމަރު ވިދަޅުވި އެވެ.
އެ ތަނުން ރޯދަ އަށް ޚާއްސަކޮށް، ހެދިކާގެ ބާވަތްތައް ވެސް އަންނަނީ ވިއްކަމުންނެވެ. އަދި ވަރަށް ޚާއްސަ މާބްލް، ޗޮކްލެޓް، ވެނީލާ އަދި ސްޓްރޯބެރީ ކޭކުތަކެއް ވެސް އެތަނުން ވަނީ ތައާރަފްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ.
ތަފާތު ގިނަ ބާވަތްތަކެއް ލިބޭ ކިޗަން ބޭކަރީގެ ރަހަތަކުގެ މީރުކަން ތަޖުރިބާ ކޮށްލެއްވުމަށް އަވަހަށް އެތަނަށް ގޮސް، އޯޑަރު ކޮށްލާށެވެ.