އަލިފާން ފަރުބަދަ ގޮވައި 200 މީހުން ގެއްލިއްޖެ
އަލިފާން ފަރުބަދަ ގޮވައި 200 މީހުން ގެއްލިއްޖެ

ގުއަޓެމާލާ ސިޓީ (ޖޫން 6) - ގުއަޓެމާލާގެ އަލިފާން ފަރުބަދަ ގޮވައި ގާތްގަނޑަކަށް 200 ވަރަކަށް މީހުން ގެއްލި މިހާތަނަށް 75 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އަލިފާން ފަރުބަދަ ގޮވައި 200 މީހުން ގެއްލިއްޖެ
އަލިފާން ފަރުބަދަ ގޮވައި 200 މީހުން ގެއްލިއްޖެ

ފަރުބަދައިން އަރާ ގަދަ ހޫނާއި އަޅީގެ ސަބަބުން މީހުން ސަލާމަތް ކުރާ ޓީމުތަކަށް ވެސް ވަނީ ދަތިތަކާ ކުރިމަތިވާން ޖެހިފަ އެވެ. ފުއެގޯ ފަރުބަދައިން ފޭބި އަޅިން މިހާރު ވަނީ ބައެއް އަވަށްތައް ފޮރުވިފަ އެވެ.

ފަރުބަދަ ގޮވަން ފެށުމުން އެކަމުގެ އުނދަގޫތައް ވަނީ 1.7 މިލިއަން މީހުންނަށް ފޯރަން ފަށައިފަ އެވެ. މިހާތަނަށް ވަނީ 3،000 މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ގުއަޓެމާލާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސީސްމޮލޮޖީގެ ޑިރެކްޓަރު އެޑީ ސަންޗޭޒް ވިދާޅުވީ ފަރުބަދަ ދެން އިތުރަށް ގޮވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ގުއަޓެމާލާގެ ޑިޒާސްޓަ ރިލީފް އެޖެންސީން ބުނީ ފަރުބަދަ ގޮވުމުން 192 މީހުން ގެއްލިފައިވާ ކަމަށެވެ.