07 ޖޫން 2018 - 08:07

މީގެ ދުވަސްކޮޅެއް ކުރިން ޒާރާއިން "މުންޑު ސްކާޓް" އެއް ހެދުމުން އެއަށް ޖޯކު ޖަހާފައި ވަނިކޮށް މިފަހަރު އަދި އެއަށް ވުރެ ވެސް މަޖާ ފަރުމާއެކެވެ. ސްޕެއިންގެ މަޝްހޫރު ފެޝަން ކުންފުނި ބެލެންޝިއާގާ އިން ބުނީ މިއީ ޓީޝާޓަކަށް ވެސް، ގަމީހަކަށް ވެސް ފުދޭނެ އެއްޗެއް ކަމަށެވެ. އޭގެ ނަމަކީ "ޓީ-ޝާޓް ޝާޓް" އެވެ.
މިއީ ލައިގެން އުޅެންކެރޭ ކަހަލަ އެއްޗަކަށް ނުވިޔަސް މީގެ އަގަކީ 1،290 ޑޮލަރެވެ. މި އުފެއްދުމަށް މިހާރު ޕްރި އޯޑަ ކުރެވޭނެ އެވެ.
މި ލައިގެން ހުންނަ އިރު ހީވާނީ ޓީޝާޓެއް ލައިގެން، މޭމަތީގައި ގަމީހެއް އަޅުވާލައިގެން ހުންނަ ހެންނެވެ.
ރީތި ސިފައެއް ނެތުމާއި އަގު ބޮޑުކަމުން ވަރަށް ގިނަ ބަޔަކު ދަނީ "ޓީ-ޝާޓް ޝާޓް" އަށް ފާޑު ކިޔައި ޖޯކު ޖަހަމުންނެވެ. އެއް ބަޔަކު ވަނީ ޓީޝާޓެއް ލައި، ޓޭޕް އަޅައިގެން މޭ މަތީގައި ޓީޝާޓް ތަތްކޮށްގެން ޖޯކު ޖަހައިފަ އެވެ.
ބެލެންޝިއާގާ އިން އުޅެނީ ހަދާނެ ނަހަދާނެ އެއްޗެއް ނޭނގިގެންތޯ އަހައި، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑު ކިޔާފައިވެ އެވެ. އެއް ބަޔަކު ބުނަނީ 1،290 ޑޮލަރަށް ތި ގަންނާނީ މޮޔައަކު ކަމަށެވެ.
މި ފަރުމާއާ ގުޅިގެން ބެލެންޝިއާގާ އަށް ފާޑުކީ އެއްބަޔަކު ބުނީ މިއީ ފެޝަނަށް ހުތުރު އަރުވަން ކުރި ކަމެއް ކަމަށާއި އެ ޑިޒައިން ކުރި މީހަކު ވަގުތުން ތިކަން ހުއްޓާލަން ވެއްޖެ ކަމަށް ބުނެފަ އެވެ.