26 ޖުލައި 2016 - 18:19

މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫން ރާއްޖެ އަށް ހާއްސަ ދިވެހި ސްޓިކާ ޕެކެއް ތައާރަފް ކޮށްފި އެވެ.
"ދިވެހި ވައިބްސް" ސްޓިކާ ޕެކަކީ މިއަދުގެ ދިވެހި މުޖުތަމައުގައި ފެނިގެންދާ އާދަކާދަތަކާއި ބަހުރުވަ ދައްކުވައިދޭ، ސްޓިކާ މާކެޓުން ހިލޭ ޑައުންލޯޑު ކުރެވޭ ސްޓިކާ ޕެކެއް ކަމަށް އުރީދޫން ބުނެ އެވެ.
"ދިވެހި ވައިބްސް އަކީ ދިވެހިންގެ އަމިއްލަަވަންތަ ކަމާއި ދިވެހި ބަސް ދައްކުވައިދޭ ސްޓިކާ ސެޓެއް. މިހާރު ބައިނަލްއަގްވާމީ ޗެޓް ޕްލެޓްފޯމެއްގައި ވެސް ފަހުރުވެރި ކަމާއެކު ދިވެހި ބަހުން ހިޔާލު ފާޅު ކުރެވޭނެ،" އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ސްޓިކާތަކުގައި ބޭނުން ކޮށްފައި ވަނީ މިިހާރު މުޖުތަމައުގައި އާންމުކޮށް ބޭނުންކުރާ ބައެއް އިބާރާތްތަކެވެ. އެގޮތުން "ބާއްޖަވެރި ހެނދުނެއް"، "ނެތްތަ ކޮފީއެއް"، "ހަބޭސް"، "ހިނގާ ބުރެއް ޖަހާލަން ދާން" ފަދަ ލަފްޒުތައް ހިމެނެ އެވެ.
އުރީދޫން ބުނީ ދިވެހިބަހުގެ މުއްސަނދިކަން ދަައްކުވައިދޭ އިތުރު ސްޓިކާތަކެއް ކުރިއަށް އޮތް ތަނުގައި ތައާރަފް ކުރަމުން ދާނެ ކަމަށެވެ.
މި ސްޓިކާ ޕެކާ އެކީ އުރީދޫން ވަނީ ވަނީ ހުރިހާ ކަސްޓަމަރުންނަށް ވެސް މުޅި ދުވަހު ވައިބާ ހިލޭ ބޭނުން ކުރުމުގެ ފުރުސަތު ދީފައި އެވެ. އެގޮތުން އުރީދޫ ކަސްޓަމަރުން #1*16*929* އަށް ގުޅައިގެން ޑެއިލީ ވައިބާ ޕެކް ހިލޭ ނެގޭނެ ކަމަށް އެ އުރީދޫން ބުނެ އެވެ.
ޑެއިލީ ވައިބާ ޕެކޭޖުގައި 30 އެމްބީއާ ހަމައަށް ވައިބާ ބޭނުން ކުރެވޭނެ އެވެ.