06 ޖޫން 2018 - 10:48

ފޯބްސް އިން ރޭންކްކުރާ ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު 100 އެތުލީޓުންގެ ލިސްޓުގެ އެއް ވަނަ އަށް އެމެރިކާގެ ބޮކްސިން ތެޅުންތެރިޔާ ފްލޮއިޑް މޭވެދާ އަލުން އަރައިފި އެވެ.
އޭނާ ވަނީ ބޮޑު ތަފާތަކާ އެކު އެއް ވަނަ ހޯދީ އޮގަސްޓް މަހު ކޮނޯ މެކްގްރެގޯއާ އެކު ބޭއްވި ބޮކްސިން މެޗުން ހޯދި 275 މިލިއަން ޑޮލަރުގެ އާމްދަނީއާ އެކު އެވެ. މިކްސް މާޝަލް އާޓްސްގެ ތަރިއެއްގެ ގޮތުގައި ފާހަގަކުރެވޭ މެކްގްރެގޯ ވެސް އެ މެޗުން 99 މިލިއަން ޑޮލަރު ހޯދައި ލިސްޓުގެ ހަތަރު ވަނަ އަށް ވަނީ އަރައިފަ އެވެ.
މިދިޔަ ދެ އަހަރު މި ލިސްޓުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑުގެ ޕޯޗުގަލް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ތިން ވަނަ އަށް ވެއްޓުނުއިރު ދެ ވަނަ އަށް އެރީ އޭނާއާ ވާދަވެރި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ އެވެ.
މިދިޔަ އަހަރު މި ލިސްޓުން ޖާގަ ހޯދި ހަމައެކަނި އަންހެން އެތުލީޓް، ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް މި ފަހަރު ނުހިމެނޭއިރު އިތުރު އަންހެން އެތުލީޓަކު ވެސް ނުހިމެނެ އެވެ.
މި ލިސްޓުގައި ހިމެނޭ 100 އެތުލީޓުން ވަނީ ޖުމްލަ 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ. މިއީ 23 އިންސައްތައިގެ އިތުރުވުމެކެވެ.
މި ލިސްޓުގައި ތަފާތު 11 ކުޅިވަރެއްގެ ތަރިން ހިމެނޭއިރު އެތުލީޓުން ނިސްބަތްވަނީ 22 ގައުމަކަށެވެ. އެމެރިކާގެ 66 އެތުލީޓުން ހިމެނޭއިރު ލިސްޓް ޑޮމިނޭޓްކުރަނީ އެ ގައުމުންނެވެ. ޑޮމިނިކަން ރިޕަބްލިކާއި ސްޕެއިނުން ތިން އެތުލީޓުން ހިމެނޭއިރު، އާޖެންޓީނާ، ބްރެޒިލް، ފްރާންސް، ޖަޕާން އަދި ވެނެޒުއޭލާ، މީން ކޮންމެ ގައުމަކުން ދެ އެތުލީޓުން ހިމެނެ އެވެ.
ފްލޮއިޑް މޭވެދާ – ބޮކްސިން (285 މިލިއަން ޑޮލަރު)
ލިއޮނަލް މެސީ – ފުޓްބޯޅަ (111 މިލިއަން ޑޮލަރު)
ކްރިސްޓިއާނޯ ރޮނާލްޑޯ – ފުޓްބޯޅަ (108 މިލިއަން ޑޮލަރު)
ކޮނޯ މެކްގްރެގޯ – މިކްސްޑް މާޝަލް އާޓްސް (99 މިލިއަން ޑޮލަރު)
ނޭމާ – ފުޓްބޯޅަ (90 މިލިއަން ޑޮލަރު)
ލެބްރޮން ޖޭމްސް – ބާސްކެޓްބޯޅަ (85.5 މިލިއަން ޑޮލަރު)
ރޮޖާ ފެޑެރާ – ޓެނިސް (77.2 މިލިއަން ޑޮލަރު)
ސްޓެފަން ކަރީ – ބާސްކެޓްބޯޅަ (76.9 މިލިއަން ޑޮލަރު)
މެޓް ރިޔާން - އެމެރިކަން ފުޓްބޯލް (67.9 މިލިއަން ޑޮލަރު)
މެތިއު ސްޓަފޯޑް – އެމެރިކަން ފުޓްބޯލް (59.5 މިލިއަން ޑޮލަ