އޭސީއަކަށް ވުރެ ރަނގަޅު ފަންކާއެއް
އޭސީއަކަށް ވުރެ ރަނގަޅު ފަންކާއެއް

ނުސާފު ވަޔަކީ ހަށިގަނޑުގެ އެންމެ ބޮޑު އެއް ހަތުރެވެ. އެކަމަކު ވައި ބަންދު ތަންތަނުގައި އުޅުމަކީ ވެސް އެހާމެ ނުރައްކާތެރި ކަމެކެވެ. ހަމުގެ މައްސަލަތަކާއި ނޭވާ ހިއްލުމާއި މިފަދަ ކިތަންމެ ސިއްހީ މުސީބާތްތަކެއް ކުރިމަތިކުރުވާ ކަމެކެވެ. މިކަމަށް އޮތް ހައްލަކީ ގުދުރަތީ ވައިން ގޭތެރެ ފިނިކުރުމެވެ.

"އިކޯބްރީޒް" އަކީ ސީދާ މި މަގްސަދު ހާސިލްކޮށްދޭ ސްމާޓް ފަންކާއެކެވެ.

އީކޯބްރީޒް2 ފަރުމާކޮށްފައިވަނީ ކުޑަދޮރުގައި ހަރުކުރާ ގޮތަށެވެ. ޖައްވުތެރޭގެ ފިނިން ގޭތެރެ ފިނިކޮށްދެއެވެ. ބޭރުތެރޭގައި ފިނިކަމެއް ނެތިއްޔާ އޮޓަމެޓިކުން އެއާކޯން ޖައްސައިދެއެވެ. މީގެ ފަންކާއިން 400 އަކަފޫޓުގެ ޖާގައެއް ފިނިކޮށްދެއެވެ.

އީކޯބްރީޒް 2 ގައި ބޭނުންކޮށްފައިވަނީ ލެޑް ބޮކި ދިއްލަން ބޭނުންކުރާ ޓެކްނޮލޮޖީއެވެ. ނަތީޖާއެއްގެ ގޮތުން އާދައިގެ ފަންކާއަކަށްވުރެ 75 ޕަސެންޓް ކަރަންޓު ޚަރަދުކުޑައެވެ. އަދި އެއާކޯނަކަށް ހިނގާ ޚަރަދުގެ 98 ޕަސެންޓް ކަނޑާލަދެއެވެ. މީގެ އިތުރުން އީކޯބްރީޒް2 އުފައްދާފައިވަނީ ވައިގެ ތެރޭގައި ހުންނަ ވިހަ މާއްދާތަކާއި ޖަރާސީމުން ރައްކާތެރިވެވޭނެ ގޮތަށެވެ. މި ފަންކާއިން ފުރޭނިގެން ގޭތެރެއަށް ވަންނާނީ ސާފު ވައި ކަން މި އުފެއްދި ކުންފުނިން ކަށަވަރުކޮށްދެއެވެ.