މޫނު ރީތިކުރުމުގެ މަސައްކަތް ލޯގަނޑަކަށް
މޫނު ރީތިކުރުމުގެ މަސައްކަތް ލޯގަނޑަކަށް

މިޒަމާނުގައި ލޯގަނޑަކީ ވެސް އާދައިގެ އެއްޗެއް ނޫނެވެ. އިރެއްގައި ކުޑަކުދިންގެ ފުލޯކު ވާހަކައެއްގައި ލޯގަނޑަށް ބަރޯސާވެގެން އުޅޭ މަންޒަރު ފެނުނަސް މިހާރު އެހެން ވެދާނެ ކަމަކަށް ހިއެއް ނުކުރެ އެވެ. ނަމަވެސް މިއަދު މި އިވެނީ އެކަހަލަ އަޑުތަކެކެވެ. މޫނުގެ ހަމުގެ ހުރިހާ ކަމެއް ހަވާލުކުރާނެ ލޯގަނޑެއްގެ ވާހަކައެވެ.

ޝޭޒްމިރާ ނޫނީ ޝޭޒަމްއަކީ މޫނުގެ ޒީނަތްތެރިކަމަށް ސަމާލުކުރުވާ ލޯގަނޑެކެވެ. މި ލޯގަނޑާ ގުޅޭ އެޕުން ބަލާލައިގެން ހަމާ ގުޅޭ ރީތިވާ ސާމާނު ހޯދަން އެހީތެރިވެދެއެވެ. ދުވަހުގެ މޫސުމާ ގުޅިގެން މޫނުގެ ހަމަށް ރައްކާތެރިވުމަށް ދުރާލާ ތައްޔާރުކޮށްދެއެވެ. އަދި މި ލޯގަނޑުގެ މޫނުމަތި ވަށައިގެން ޖަހާފައިވާ ލެޑް ބޮކީގެ ސަބަބުން މޭކަޕްކޮށްދޭންވެސް ފަސޭހަކޮށްދެއެވެ.

މޫނުގެ ހާލަތު ވަޒަންކުރުމުގައި ވެސް މި ލޯގަނޑު ބަރާބަރެވެ. މޫނުގައި ނަގާ ބިއްސާއި އޮށާޅަ އާއި ރުލާއި ހަމުގެ ކުލައަށް އަންނަ ބަދަލުތައް ވަކިވަކިން ދެނެގަނެވެން ހުރެއެވެ. މައްސަލައެއް އުޅޭ ނަމަ ވަގުތުން ތަޖުރިބާކާރެއްގެ ލަފާ ހޯދައިދެއެވެ. އަދި ދުވާލަކު އެއް ފަހަރު ނުވަތަ ހަފުތާއަކު އެއް ފަހަރު ނުވަތަ މަހަކު އެއް ފަހަރު މި މައުލޫމާތުތައް އަޅައިކިޔައި، މޫނުގެ ހަމަށް އަންނަމުންދާ ބަދަލުތައް ބަރާބަރަށް ބަލަހައްޓައިދެއެވެ.

ޝޭޒަމްއަކީ ހަމައެކަނި ލޯގަނޑެއް ނޫނެވެ. ބައެއް ހާލަތްތަކުގައި ސެކިޔުރިޓީ ކެމެރާއެކެވެ. މީގެ ފޮރުވިފައިވާ ކެމެރާތަކުގެ އެހީގައި ގޭތެރޭގެ ހާލަތު ރަގަޅަށް ބެލެހެއްޓެއެވެ. ގޭގައި ނޫޅޭ ވަގުތުތަކުގައިވެސް މިއީ މިތުރެކެވެ.