ފެނަށް އެލާޖިކްވާ މީހެއް
ފެނަށް އެލާޖިކްވާ މީހެއް

އޮސްޓްރޭލިއާގެ ކާޑިފްގައި ދިރިއުޅޭ ޗެރެލް ފެރޫގިއާ، 25، ހުރީ އަލަތު ދަރިފުޅު ލިބޭތީ ވަރަށް އުފަލުންނެވެ. ދަރިފުޅާ އެކު އޭނާ ހަޔާތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރި އެވެ. އެކަމަކު އެއީ އުފާވެރިކަމާއި ލޯބި ކަމަށް ވެސް އޭނާ ބުންޏެވެ.

ފެނަށް އެލާޖިކްވާ މީހެއް
ފެނަށް އެލާޖިކްވާ މީހެއް

އެކަމަކު މިދިޔަ ޖެނުއަރީ މަހު އަންހެން ދަރިފުޅު ވިލޯ ލިބުމާ އެކު، ޗެރެލްގެ ދިރިއުޅުން ބަދަލުކޮށްލީ މުޅިން އެހެން ކަހަލަ ގޮތަކަށެވެ. ވަރަށް މަދުން ނޫނީ ދިމާ ނުވާ ކަހަލަ ސިއްހީ މައްސަލައެއްގެ ތެރެއަށް ޗެރެލް ވަނީ ހުށަހެޅިފަ އެވެ. އެއީ ފެނަށް އެލާޖިކްވުމެވެ. އެކަމަކު އެއީ ފެން ބޮއެގެނެއް ނޫނެވެ.

ފެނަށް އެލާޖިކްވާ މީހެއް
ފެނަށް އެލާޖިކްވާ މީހެއް

މި މައްސަލަ ޗެރެލް އަށް ދިމާވަނީ ފެންވެރުން ކަހަލަ ކަންކަމުގައި ހަށިގަނޑުގެ ބޭރު ފުށުގައި ފެން ޖެހުމުންނެވެ. ފެން ބޮއެގެން އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ.

އެކަމަކު ލޯބި އަންހެން ދަރިފުޅާ އެކު، މޫނުމައްޗަށް އުފާވެރިކަން އަޔަސް ޗެރެލްގެ ހާސްކަމާއި ފިކުރުތައް ބޮޑެވެ. ދަރިފުޅު ފެންވެރުވުމާއި ތާހިރު ކުރުން ފަދަ ކަންކަމުގައި އުފުލަން ޖެހޭ ތަކުލީފުތައް ވެސް ބޮޑެވެ.

"މިއީ ވިހޭ ފަހުން ދިމާވި މައްސަލައެއް. ކުރިއަކުން އެއްވެސް ވަރަކަށް އަހަންނަކީ ފެނަށް އެލަޖިކްވި މީހެއް ނޫން،" ޑެއިލީ މެއިލަށް އޭނާ ބުންޏެވެ.

ޗެރެލް ބުނި ގޮތުގައި ކުރިން އޭނާ ހީކުރީ އެލާޖިކް ވަނީ ގައިގައި އުނގުޅާ ލޯޝަން ކަހަލަ އެއްޗަކުން ކަމަށެވެ. އެކަމަކު ފެންވަރާ ކޮންމެ ފަހަރަކު އަދި ފެނުގައި އަތްލާ ކޮންމެ ފަހަރަކު ހަންގަނޑު ރަތްވެ، ކުދިކުދި ބިހިތަކެއް ކަހަލަ އެއްޗެހިތަކެއް ނަގާތީ، އެކަން ބޮޑުވެގެން އެންމެ ފަހުން ޑޮކްޓަރަށް ދެއްކި އެވެ.

"ފާހާނާ ފެނުގެ މައްސަލައެއް ކަމަށް ހީކޮށް ފަހުން ޕޫލަށް ވެސް އެރެން ފެށިން. އަދި ފުޅީގައި ހުންނަ ފެން ވެސް ބޭނުން ކުރަން ފެށިން. އެކަމަކު ހަމަ ފެނުގައި ޖެހޭ ކޮންމެ ފަހަރަކު އެލަޖިކްވޭ،" އޭނާ ބުންޏެވެ.

ޗެރެލް ބުނި ގޮތުގައި އެންމެ ފުރަތަމަ ޑޮކްޓަރަށް ދައްކައިގެން، މިއީ ކީއްވެގެންވާ ކަމެއްތޯ ސާފުކޮށް ނުދެވުނު ކަމަށެވެ. އަދި މިއީ ފެނަށް އެލަޖިކްވުންކަން އެނގުނީ ވަރަށް ގިނަ ޑޮކްޓަރުންނަަށް ދައްކައިގެން ޓެސްޓްތަކެއް ހެދި ފަހުން ކަމަށް ބުންޏެވެ. މިއަށް ކިޔަނީ އެކްއަޖެނިކް ޔުޓިކޭރިއާ (ޔޫއައި) އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗެރެލް އަށް ދިމާވި މި ސިއްހީ މައްސަލަ މިހާތަނަށް ދުނިޔޭގައި ރިޕޯޓްކޮށްފައި ވަނީ އެންމެ 35 ކޭހެވެ. އަދި މިކަން ދިމާވުމުގެ ފުރުސަތު އޮންނަނީ ވެސް އަންހެނުންނަށެވެ.

ޔޫއައި އަށް ދޭ ފަރުވާތަކުގެ ތެރޭގައި އެޗް1 އެންޓިހިސްޓަމައިންސް، އަލްޓްރާ ވައިލަޓް ބީ (ޔޫވީބީ) ލައިޓް އާއި ހަމުގައި އުނގުޅާ ބައެއް ކަހަލަ ކްރީމްތައް ހިމެނެ އެވެ.

ކައުންސެލިން ކިޔަވަމުން އަންނަ ޗެރެލް މިހާރު ވަނީ މި ބައްޔަށް މީހުން ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން އިސްޓަގްރާމް ޕޭޖެއް ވެސް ހަދައިފަ އެވެ. އަދި ފޭސްބުކްގައި ވެސް އޭނާ އަންނަނީ ތަޖުރިބާތައް ކިޔައި ދެމުންނެވެ.