ޕްލާސްޓިކް ރިސައިކަލް ކުރާ ލެބެއް ހުޅުވައިފި
ޕްލާސްޓިކް ރިސައިކަލް ކުރާ ލެބެއް ހުޅުވައިފި

ޕްލާސްޓިކް ރިސައިކަލް ކުރާ ލެބެއް، އިންޑަސްޓްރިއަލް ވިލެޖުގައި މިއަދު ހުޅުވައިފި އެވެ.

ޕްލާސްޓިކް ރިސައިކަލް ކުރާ ލެބެއް ހުޅުވައިފި
ޕްލާސްޓިކް ރިސައިކަލް ކުރާ ލެބެއް ހުޅުވައިފި

ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޕާލޭ" އިން ހަދިޔާކުރި އެ ލެބް ހުޅުވީ، އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސައިޓުގެ ތެރޭގަ އެވެ.

ޕްލާސްޓިކް ރިސައިކަލް ކުރާ ލެބެއް ހުޅުވައިފި
ޕްލާސްޓިކް ރިސައިކަލް ކުރާ ލެބެއް ހުޅުވައިފި

އެ ލެބް ހުޅުއްވައިދިނުމަށް ފަހު އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ޕްލާސްޓިކަކީ ކަނޑުތަކާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންދޭ އެއްޗެކެވެ. އެހެންވެ އެ ބޭނުންކުރާ އަދަދު މަދުކޮށް ރިސައިކަލް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޕްލާސްޓިކް ރިސައިކަލް ކުރާ ލެބެއް ހުޅުވައިފި
ޕްލާސްޓިކް ރިސައިކަލް ކުރާ ލެބެއް ހުޅުވައިފި

މިނިސްޓަރު ވިދާޅުވީ އެ ލެބުން، ޕްލާސްޓިކް ރިސައިކަލް ކުރުމާ ބެހޭ މައުލޫމާތު ސްކޫލުތަކަށް ވެސް ދެވޭނެ ކަމަށެވެ. އޭގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށާއި ރިސައިކަލް ކުރަން ދަރިވަރުންނަށް ހިތްވަރު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ފާއިތުވި 18 މަސް ތެރޭގައި އެކަނި ވެސް ރާއްޖޭން 800 ޓަނަށަ ވުރެ ގިނަ ޕްލާސްޓިކް ރިސައިކަލް ކުރަން ފޮނުވިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ އަލީ ވިދާޅުވި ގޮތުގައި، އެ ލެބު ބޮޑަށް ބޭނުން ކުރާނީ ތައުލީމީ ގޮތުން، ދަރިވަރުން ހޭލުންތެރިކުރުވައި ރިސައިކަލް ކުރާނެ ގޮތް ދަސްކޮށްދިނުމަށެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ 45 ސްކޫލެއްގައި، ދަރިވަރުން ޕްލާސްޓިކް އެއްކުރަމުން އަންނަ ކަމަށެވެ. އެ ޕްލާސްޓިކްތައް ރިސައިކަލް ކުރަން ޕާލޭއިން ގެންދަނީ ރާއްޖޭން ބޭރަށެވެ.

"މިހާރު މިތަނުގައި ހުރި މެޝިނުން ރިސައިކަލް ކުރެވޭނެ ދުވާލަކު 100-500 ކިލޯގެ ޕްލާސްޓިކް،" ޝާހީނާ ވިދާޅުވި އެވެ.

"...ރިސައިކްލިންއޭ ބުނީމަ ގިނަ ކުދިންނަށް ކަނެކްޓްވާނީ ކޮންމެ ވެސް ކަމެއް އަތުން ކުރީމަ. އެ ސްޓެޕް މިއީ. އެޑިއުކޭޝަން ޔުނިޓެއް މިއީ އަސްލު،"

ރިސައިކްލިން ލެބުގައި މިހާރު ހުރީ އެންމެ އާދައިގެ ދެ ތިން މެޝިނެވެ. ކުރިއަށް އޮތް ތަނުގައި އިތުރު މެޝިން ހަދިޔާކުރަން ޕާލޭން ނިންމާފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ

އެ ތަނުގައި ހުރި މެޝިނުން ތައްޓާއި ފޯނު ކަވަރާއި ގަސް މުށި ފަދަ ތަކެތި މިހާރު ހެދޭނެ އެވެ.

ޕާލޭން ވަނީ ރާއްޖޭގެ ފަރުތަކުން ކުނީގެ ގޮތުގައި ނަގާފައިވާ ޕްލާސްޓިކް އެޑިޑަސް އަށް ފޮނުވައިގެން ބޫޓު ހަދައިފަ އެވެ.