ކޮންޓެއިނާތަކުން ބޭރުވި މުދާ އޮސްޓްރޭލިއާ އަށް ލައްގަން ފަށައިފި
ކޮންޓެއިނާތަކުން ބޭރުވި މުދާ އޮސްޓްރޭލިއާ އަށް ލައްގަން ފަށައިފި

ސިޑްނީ (ޖޫން 6) - ނިއު ސައުތު ވޭލްސްގެ އައްސޭރިން ބޭރަށް އާގު ބޯޓެއްގެ ކޮންޓެއިނާތަކެއް ކަނޑަށް އެޅި އެ ކޮންޓެއިނާ ތަކުން ބޭރުވި ބައެއް މުދާ އޮސްޓްރޭލިއާގެ ގޮނޑުދޮށްތަކަށް ލައްގަން ފަށައިފި އެވެ.

ކޮންޓެއިނާތަކުން ބޭރުވި މުދާ އޮސްޓްރޭލިއާ އަށް ލައްގަން ފަށައިފި
ކޮންޓެއިނާތަކުން ބޭރުވި މުދާ އޮސްޓްރޭލިއާ އަށް ލައްގަން ފަށައިފި

ޓައިވާނުގެ ކުންފުންޏަކުން ދުއްވާ ބޯޓު ޓަސްމޭން ކަނޑުގައި ދަތުރުކޮށްފައި ދަނިކޮށް ނެގި ބޮޑު ރާޅަކާ އެކު އެ ބޯޓުގައ ހުރި ކޮންޓެއިނާތައް އަރިއަޅާލައި 83 ކޮއިންޓާ ވަނީ ކަނޑަށް ވެއްޓިފަ އެވެ. އަދި އަރި އަޅާލި ބައެއް ކޮންޓެއިނާތައް ހުޅުވި އޭގައި ހުރި މުދާ ވަނީ ކަނޑަށް ބޭރުވެފަ އެވެ.

ސިޑްނީގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ކުރިން ވަނީ ނެޕީ އާއި ސާޖިކަލް މާސްކް އަދި ސެނިޓަރީ ސާމާނު ލައްގައިފަ އެވެ. ކަމާ ބެހޭ އޮފިޝަލުން ބުނެފައި ވަނީ ނުރައްކާތެރި އެއްވެސް ބާވަތެއް ބޯޓުން ބޭރުވެފައި ނުވާ ކަމަށެވެ. އަދި ގޮނޑުދޮށްތަކަށް ލެއްގި އެއްޗެހި ނަގައި ސާފު ކުރަން ދުވަސްކޮޅެއް ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ބައެއް ހިސާބުތަކުން ވަނީ ފުނި ފުންޏަށް ކުނި ޖަމާވެފައި،" ގޮނޑުދޮށްތައް ސާފު ކުރުމުގައި އުޅޭ ވޮލަންޓިއަރަކު ބުންޏެވެ.

ޓައިވާންގެ ޝިޕިން ކުންފުނި ޔަންގް މިންގް މެރިން ޓްރާންސްޕޯޓް ކޯޕަރޭޝަނުން ވަނީ އެކަމަށް މައާފަށް އެދިފަ އެވެ. އަދި އޮސްޓްރެލިއާގެ ތިމާވެއްޓަށް ލިބުނު ގެއްލުން ކުޑަ ކުރުމަށް އެހީވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އޮފިޝަލުން ބުނެފައި ވަނީ ބޯޓުން ބޭރުވި ބައެއް ތަކެތި ކަނޑުގައިވާ މަސްމަހާމެހި ކައިފި ނަމަ ނުރައްކާ ވާނެ ކަމަށެވެ.

ލައިބީރިއާގައި ރަޖިސްޓްރީކޮށްފައިވާ ވައިއެމް އެފިޝެންސީ ދަތުރު ކުރަމުން ދިޔައީ ޓައިވާނުން ސިޑްނީގެ އިރުމަތީ ބަނދަރަކަށެވެ. ބޯޓު އަރި އަޅާލިއިރު ހުރީ އޮސްޓްރޭލިއާގެ އައްސޭރިއާ 19 މޭލު ދުރުގަ އެވެ.