ކޮރަޕްޝަނާ ގުޅޭ ގޮތުން ނަޖީބުގެ އަނބިކަނބަލުންނާ ސުވާލުކޮށްފި
ކޮރަޕްޝަނާ ގުޅޭ ގޮތުން ނަޖީބުގެ އަނބިކަނބަލުންނާ ސުވާލުކޮށްފި

ކުއާލަ ލަމްޕޫރު (ޖޫން 5) - މެލޭޝިއާ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތާ ގުޅޭ ގޮތުން ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރަސްމާ މަންސޫރާ އެ ގައުމުގެ އެންޓި- ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން މިއަދު ސުވާލުކޮށްފި އެވެ.

ކޮރަޕްޝަނާ ގުޅޭ ގޮތުން ނަޖީބުގެ އަނބިކަނބަލުންނާ ސުވާލުކޮށްފި
ކޮރަޕްޝަނާ ގުޅޭ ގޮތުން ނަޖީބުގެ އަނބިކަނބަލުންނާ ސުވާލުކޮށްފި

ނަޖީބުގެ ވެރިކަމުގައި މުއްސަނދި ދިރިއުޅުމެއް އުޅުއްވި ރަސްމާ، 66، ވަނީ އެމްއޭސީސީގައި ފަސް ގަޑިއިރު ހޭދަކޮށްފަ އެވެ. އެކަމަނާގެ ވަކީލުން ބުނެފައި ވަނީ އެމްއޭސީސީގެ އޮފިޝަލުން ވަނީ ރަސްމާއާ ތިން ގަޑިއިރު ވަންދެން ސުވާލުކޮށްފައި ކަމަށެވެ. އަދި އެމްއޭސީސީ އަށް ރަސްމާ ވަނީ ފުރިހަމަ އެއްބާރުލުން ދީފައި ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.

މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތާ ގުޅިގެން ފުލުހުންގެ ތަހުގީގަށް މިދިޔަ މަހު ބަލާ ފާސްކުރި ނަޖީބާ ގުޅުން ހުރި އެޕާޓްމަންޓްތަކުން ވަނީ 30 މިލިއަން ޑޮލަރާއި 400 ވަރަކަށް ދަބަސް ފެނިފަ އެވެ. އަގު ބޮޑު އެ ދަބަސްތަކާއި ގަހާނާ އަކީ ރަސްމާގެ އެއްޗިއްސެވެ.

އެމްއޭސީސީގެ އިންވެސްޓިގޭޝަން ޑިރެކްޓަރު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ރަސްމާގެ ބޭންކް އެކައުންޓާއި އެޕާޓްމަންޓްތަކުން ފެނުނު ގަހަނާ އާއި ދަބަސްތަކާ ގުޅޭ ގޮތުން ސުވާލު ކުރާނެ ކަމަށެވެ.

ނަޖީބުގެ ވެރިކަމުގައި ރަސްމާގެ ދިރިއުޅުއްވުން ގިނަ ބަޔަކު ސިފަކޮށްފައި ވަނީ ފިލިޕީންސްގެ ކުރީގެ ރައީސް ފާޑިނަންޑް މާކޯސްގެ އަނބިކަނބަލުން އިމެލްޑާގެ މާކޯސް އުޅުއްވި ގޮތާ އެވެ. މާކޯސްގެ ވެރިކަން 1986 ވަނަ އަހަރު ނިމުމަކަށް ގެނައި އިރު އިމެލްޑާ ބޭނުންކުރި ހާހަކަށް ވުރެ ގިނަ ފައިވާން ފެނިފައިވެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި އާއްމު ބައްދަލުވުމެއްގައި ރަސްމާ ވަނީ އެކަމަނާގެ ބޮލުގައި ކުލަޖައްސަން 1،200 ރިންގިޓް (300 ޑޮލަރު) ޚަރަދު ކުރި ކަމަށް ވިދާޅުވެފަ އެވެ. މެލޭޝިއާގެ އާދައިގެ މީހެއްގެ ކުޑަ މުސާރަ އަކީ 900 ރިންގިޓް ކަމަށްވާ އިރު ރަސްމާ އެހެން ވިދާޅުވުމުން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

އެމްއޭސީސީ އިން މީގެ ކުރިން ވަނީ ނަޖީބަށް ވެސް ދެ ފަހަރެއްގެ މަތިން ސުވާލު ކޮށްފަ އެވެ.