ފަތާފައި ޕެސިފިކު ކަނޑު ހުރަސް ކުރުމުގެ ރެކޯޑް ހެދުމުގެ ދަތުރު ފަށައިފި
ފަތާފައި ޕެސިފިކު ކަނޑު ހުރަސް ކުރުމުގެ ރެކޯޑް ހެދުމުގެ ދަތުރު ފަށައިފި

ޓޯކިޔޯ (ޖޫން 5) - ފަތާފައި ޕެސިފިކް ކަނޑު ހުރަސް ކުރުމުގެ އުނދަގޫ އަދި ނުރައްކާ ދަތުރު ފްރާންސްގެ ފެތުންތެރިޔާ ބެން ލެކޮމްޓެ ފަށައިފި އެވެ.

ފަތާފައި ޕެސިފިކު ކަނޑު ހުރަސް ކުރުމުގެ ރެކޯޑް ހެދުމުގެ ދަތުރު ފަށައިފި
ފަތާފައި ޕެސިފިކު ކަނޑު ހުރަސް ކުރުމުގެ ރެކޯޑް ހެދުމުގެ ދަތުރު ފަށައިފި

އުމުރުން 51 އަހަރުގެ ލެކޮމްޓެ ޖަޕާނުގެ ޓޯކިޔޯ އިން މިއަދު ފެށި ފެތުމުގެ 9،000 ކިލޯ މީޓަރު (5،500 މޭލު) ގެ ދިގު ދަތުރު ނިންމޭތޯ ބަލާނީ ސެން ފްރެންސިސްކޯ އިންނެވެ.

ފަތާފައި ޕެސިފިކު ކަނޑު ހުރަސް ކުރުމުގެ ރެކޯޑް ހެދުމުގެ ދަތުރު ފަށައިފި
ފަތާފައި ޕެސިފިކު ކަނޑު ހުރަސް ކުރުމުގެ ރެކޯޑް ހެދުމުގެ ދަތުރު ފަށައިފި

ފެސިފިކް ކަނޑު ހުރަސް ކުރުމުގެ ރެކޯޑް ހެދޭތޯ ކޮންމެ ދުވަހަކު ވެސް އަށް ގަޑިއިރު ލެކޮމްޓެ ފަތާނެ އެވެ. މައްސަލައެއް ދިމާ ނުވާ ނަމަ އޭނާ އެމެރިކާގެ ހުޅަނގުގެ އައްސޭރި އަށް ފޯރަން ހަ މަސް ދުވަސް ނަގާނެ ކަމަށް ބެލެވެ އެވެ. އޭނާ އަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ މާކަނޑުގައި މިޔަރުގެ ބިރުވެރިކަމާއި ތޫފާންތަކުގައި ޖެހި ކަނޑު އާދަޔާޚިލާފަށް ގަދަވުމެވެ. އަދި ޕެސިފިކުގެ ގަދަ ފިނީގައި ކެތް ކުރުމަކީ ވެސް ލެކޮމްޓެ އަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ފަތާފައި ޕެސިފިކު ކަނޑު ހުރަސް ކުރުމުގެ ރެކޯޑް ހެދުމުގެ ދަތުރު ފަށައިފި
ފަތާފައި ޕެސިފިކު ކަނޑު ހުރަސް ކުރުމުގެ ރެކޯޑް ހެދުމުގެ ދަތުރު ފަށައިފި

ދިގު ދަތުރަށް ލެކޮމްޓެ ފަތަން ފެށުމުގެ ގޮތުން އޭނާގެ ދެ ދަރިން ވެސް ވަނީ ވަކި ހިސާބަކަށް މިއަދު ފަތައިފަ އެވެ.

ލެކޮމްޓެ ދިރިއުޅެނީ އެމެރިކާގަ އެވެ. އޭނާ މި ދަތުރަށް ފަރިތަކުރާތާ ހަ އަހަރު ވެއްޖެ އެވެ. ކޮންމެ ދުވަހަކު ވެސް އެތައް ގަޑިއިރެއް ފެތުމުގައި ހޭދަ ކުރެ އެވެ.

"ފެތުމުގެ މި ދަތުރުގައި ޖިސްމާނީ ބަޔަށް ވުރެ މުހިންމީ ނަފްސާނީ ބައި. އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނުން ބަހައްޓައިގެން ކާމިޔާބީއާ ހަމައަށް ދެވޭނީ،" ފެތުމުގެ ދަތުރަށް ފެށުމުގެ ކުރިން އޭއެފްޕީ އަށް ލެކޮމްޓެ ބުންޏެވެ.

ލެކޮމްޓެ 1998 ވަނަ އަހަރު ވަނީ އެޓްލާންޓިކް ހުރަސްކޮށް 6،400 ކިލޯ މީޓަރު (4،00 މޭލު) އަށް ފަތައިފަ އެވެ. އޭނާ އެ ފަހަރު ދަތުރު ފުރިހަމަ ކުރީ 73 ދުވަހުންނެވެ. ދަތުރު ނިންމާލުމަށް ފަހު އެ ފަހަރު އޭނާ ބުނެފައި ވަނީ "ދެން މިކަހަލަ ކަމެއް ނުކުރާނެ" ކަމަށެވެ.

"ޚިޔާލު ބަދަލުވާން މާގިނަ ދުވަހެއް ނުނެގި. ގާތްގަނޑަކަށް ހަތަރު، ފަސް މަސް ފަހުން އަނެއްކާ ވެސް ހިތަށް އެރީ ފެތުމުގެ އާ ޗެލެންޖަކަށް،" ލެކޮމްޓެ ބުންޏެވެ.

ކޮންމެ ދުވަހަކު ވެސް އަށް ގަޑިއިރު ފެތުމަށް ފަހު ލެކޮމްޓެ ދެން އަރާނީ ސަޕޯޓް ބޯޓަށެވެ. ރޭގަނޑު ނިދުމަށް ފަހު އަނެއް ދުވަހު އޭނާ އަނެއްކާ ވެސް ފަތަން ކަނޑަށް ފައިބާނެ އެވެ. ލެކޮމްޓެގެ އެނާޖީ ލެވެލް މަތި ކުރަން ކޮންމެ ދުވަހަކު ވެސް އޭނާ 8،000 ކެލޮރީ ނަގާނެ އެވެ.

"އަޅުގަނޑު ބޭނުން ކުރާނީ ހަކުރު މަދު ޑައެޓެއް. ބަތް، ޕާސްތާ އަދި ތަފާތު ސޫޕްތައް އެކުލެވޭ ހައި-ފެޓް ޑައެޓެއް ނަގާނީ،" ލެކޮމްޓެ ބުނެފައިވެ އެވެ.

ވިހި މީޓަރު (67 ފޫޓު) ގެސަޕޯޓް ބޯޓު ޑިސްކަވާގައި ހަރުކޮށްފައިވާ ޖީޕީއެސް ޓްރެކާގެ އެހީގައި ލެކޮމްޓެގެ ދަތުރުގެ ޓްރެކިން އޭނާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

ލެކޮމްޓެގެ ދަތުރުގައި ތިމާވެއްޓާ މެދު ހޭލުންތެރިކަން އިތުރު ކުރާނެ އެވެ.