ރެޑްވޭވް ލިވިން، އެންމެ ގިނަ މުދާ އެއްތާކުން ލިބޭ ފިހާރަ
ރެޑްވޭވް ލިވިން، އެންމެ ގިނަ މުދާ އެއްތާކުން ލިބޭ ފިހާރަ

ރެޑްވޭވުން މާލޭގައި، ފުލުފުލުގައި އެތައް ފިހާރައެއް ހުޅުވައިފި އެވެ. ތަފާތު ސާމާނުތައް ވިއްކާ ފިހާރަތަކެވެ. އާންމުކޮށް ގޭތެރޭގައި ބޭނުންކުރާ ސާމާނުން ފެށިގެން ކަރަންޓު ސާމާނު އަދި ފަރުނީޗަރުގެ ގިނަ ވައްތަރުތައް ވިއްކާ ފިހާރަތަކެވެ.

ރެޑްވޭވް ލިވިން، އެންމެ ގިނަ މުދާ އެއްތާކުން ލިބޭ ފިހާރަ
ރެޑްވޭވް ލިވިން، އެންމެ ގިނަ މުދާ އެއްތާކުން ލިބޭ ފިހާރަ

ނަމަވެސް އެ ފިހާރަތަކުގެ ތެރެއިން ރެޑްވޭވުން، ހީނާމާގޭ ޕާކިން ޒޯން ކުރިމަތިން ނިރޮޅު މަގުގައި ހުޅުވާފައިވާ ފަރުނީޗަރު ފިހާރަ "ރެޑްވޭވް ލިވިން" އަކީ ހުރިހާ ގޮތަކުން ވެސް ތަފާތު ފިހާރައެކެވެ.

މާލޭގައި މިހާރު ހިންގަމުން އަންނަ އެންމެ ބޮޑެތި ފިހާރަތަކުގެ ތެރޭގައި އެތަން ހިމެނޭނެ އެވެ. އަަދި އެ ތަނުން ވިއްކާ ސާމާނު ވެސް ވަރަށް ގިނަ އެވެ. އެ ފިހާރަ އަކީ މާލޭގައި އެއް ތަނަކުން އެންމެ ގިނަ ސާމާނު ލިބެން ހުރި ފިހާރަ އެވެ.

ގޭތެރެ އަށް ބޭނުންވާ ފަރުނީޗަރުން ފެށިގެން ގޮސް ޓީވީ އާއި ކާ މޭޒު އަދި ސޯފާ ފަދަ އެތައް ސާމާނެއް އެތަނުން ވިއްކަ އެވެ. އެހެން ފިހާރަތަކާ އަޅައި ބަލާއިރު، މި ތަނުގެ އަގުތައް ހެޔޮވެފައި، ޖީބަށް ލުއިކޮށް ގިނަ ސާމާނު ގަނެލެވޭނެ އެވެ.

އަގާ އަޅައި ބަލާއިރު މި ތަނުން ވިއްކާ ސާމާނުގެ ކޮލެޓީ ރަނގަޅުވެފައި، ފަރުނީޗަރުތަކުގެ ޑިޒައިން ވެސް ހިތްގައިމެވެ. އަދި ގޭތެރޭގެ ސާމާނުގެ އިތުރުން އޮފީސްތަކަށް ބޭނުންވާ ގޮނޑި އާއި މޭޒު ވެސް މި ތަނުގައި އެބަހުއްޓެވެ.

ރެޑް ވޭވް ލިވިންގެ އެންމެ ފުރިހަމަ އިހުސާސް ކޮށްލެވޭނީ އެ ތަނަށް ގޮސް، ވިއްކަން ހުރި ސާމާނުތައް ތަޖުރިބާ ކޮށްލުމުންނެވެ.