04 ޖޫން 2018 - 09:31

ފިނި ހަނގުރާމަ އަދިވެސް ނުނިމެ އެވެ. ވާދައިގެ ރޭސް އަދިވެސް އޮތީ ކުރިއަށެވެ. ފިނި ހަނގުރާމަ އަކީ އެއްއިރެއްގައި ރަޝިޔާ އަދި އެމެރިކާއާ ދެމެދު އޮތް ވާދަވެރިކަމެވެ. އެ ވާދަވެރިކަން ފާލުންނެއްޓި މިހާރު އޮތީ ފަރުދުންނާ ހަމާގަ އެވެ.
ދުނިޔޭގެ ތާރީޚުގައި، އެންމެ ފުރަތަމަ ޖައްވަށް ދިޔަ ބައެއްގެ ގޮތުގައި ފާހަގަވުމަށް އެމެރިކާ އަދި ރަޝިޔާ ދުންޖެހި އެވެ. ޖައްވަށް އެއްޗެއް ފުރަތަމަ ފޮނުވި ބައެއްގެ ގޮތުގައި ރަޝިޔާ މެޑެލިޖެހި ނަމަވެސް، ފުރަަމަ ހަނދަށް އެރި ބަޔަކީ އެމެރިކާ ކަމަށް ވެ އެވެ. މިހާރު މިއުޅެނީ އެންމެ ފުރަތަމަ މާސް އަށް ދާނެ ބަޔަކު ނޭނގިގެންނެވެ.
ޖައްވަށް އެއްޗެހި ފޮނުވުމަކީ މިހާރު ރޮސްކޮސްމޮސް އަދި ނާސާއިން އެކަނި ދަންނަ މަސައްކަތެއް ނޫނެވެ. ޔޫރަޕް، ޖަޕާން، ޗައިނާ އަދި އިންޑިޔާ އިން ވެސް ޖައްވަށް ތަކެތި ފޮނުވަ އެވެ.
ހަނދަށް ވުރެ ބިތްދޮށަށް ކުރާ ދަތުރުތަކަށް ކުންފުނިތައް ތައްޔާރުވަމުން އަންނައިރު، އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ އީލޮން މަސްކް އަދި ބޮއިން އާ ދެމެދު އެވެ. ބޮއިން އިން ބުނި ގޮތުގައި، އީލޮން މަސްކްގެ ރޮކެޓެއް މާސް އަށް ދާއިރު، ބޮއިންގެ ރޮކެޓެއް އެތާގައި ހުންނާނެ އެވެ. ކުންފުނިތަކުގެ މެދުގައި މާސް އަށް ދިއުމަށް އޮތް ވާދަވެރިކަން ވަރަށް ބޮޑެވެ. ބޮއިން އިން ދެއްކި ވާހަކަ އަށް އީލޮން މަސްކު ދިން ޖަވާބަކީ "ދޭބަލަ!" މި އެވެ.
މާސް އަށް އުޅަނދެއް ފޮނުވުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި އެންމެ ނަގާ ކިޔަނީ ސްޕޭސްއެކްސް، ބްލޫ އޮރިޖިން، ވާޖިން ގެލަކްޓިކް އަދި ބޮއިން އެވެ.
ބޮއިން އަކީ މަތިންދާބޯޓް އަދި ރޮކެޓް އިންޖީން އުފެއްދުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ. ވާދަވެރި ކުންފުނިތަކަށް ހަޖޫޖަހައި ރޭސް ކާމިޔާބުކުރާނެ ކަމަށް ބުނަނީ އެ މަޝްހޫރުކަމުގަ އެވެ. ބޮއިން އިން މިހާރު ދަނީ ނާސާއާ އެކު ބިޔަ މަޝްރޫއެއް ހިންގަމުންނެވެ. މާސް އަށް ދިއުމަކީ ޕްރޮޖެކްޓްގް ޗެޕްޓާއަކަށް ވެދާނެ އެވެ.