އޮސްޓްރޭލިއާގެ ޖަލެއްގައި ގައިދީއަކަށް އަނިޔާކުރި މައްސަލަ ބޮޑުވެއްޖެ
އޮސްޓްރޭލިއާގެ ޖަލެއްގައި ގައިދީއަކަށް އަނިޔާކުރި މައްސަލަ ބޮޑުވެއްޖެ

ސިޑްނީ (ޖުލައި 26) - އޮސްޓްރޭލިއާގައި ކުޑަ ކުދިން ތިބޭ ޖަލެއްގައި ގާޑުން އަނިޔާކުރާކަން ޓީވީއަކުން ފަޅާ އަރުވާލި މައްސަލަ ބޮޑުވެ އެންމެ ފަހުން އެކަން ތަހުގީގު ކުރުމަށް ބޮޑު ވަޒީރު ޚާއްސަ ކޮމިޝަނެއް އުފައްދައިފި އެވެ.

އޮސްޓްރޭލިއާގެ ޖަލެއްގައި ގައިދީއަކަށް އަނިޔާކުރި މައްސަލަ ބޮޑުވެއްޖެ
އޮސްޓްރޭލިއާގެ ޖަލެއްގައި ގައިދީއަކަށް އަނިޔާކުރި މައްސަލަ ބޮޑުވެއްޖެ

އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އޭބީސީ) ގެ "ފޯ ކޯނާސް" ޕްރޮގްރާމުގައި ވަނީ ޖަލުގެ ކުޑަ ކުދިން ބަރަހަނާކޮށް އަދި ކަރުނަ ގޭސް ޖަހާ އަނިޔާ ކުރަމުންދާ މަންޒަރު ދައްކައިފަ އެވެ. އެއް ކުއްޖަކު ވަނީ ގޮނޑިއެއްގައި ބަންދައި ބޮލުގައި ހުޑުއަޅުވާ އަދި ބިޑި އަޅުވައިގެން އަނިޔާކޮށްފަ އެވެ. ދެހާސް ދިހައަކާއި 2012 އާ ދެމެދު މި އަނިޔާވެރި އަމަލު ހިންގި އިރު އެ ކުދިންގެ އުމުރަކީ 13 އަހަރާއި 14 އަހަރެވެ.

އޮސްޓްރޭލިއާގެ ޖަލެއްގައި ގައިދީއަކަށް އަނިޔާކުރި މައްސަލަ ބޮޑުވެއްޖެ
އޮސްޓްރޭލިއާގެ ޖަލެއްގައި ގައިދީއަކަށް އަނިޔާކުރި މައްސަލަ ބޮޑުވެއްޖެ

ބޮޑު ވަޒީރު މެލްކޮމް ޓާންބުލް ވިދާޅުވީ ނޮދަން ޓެރިޓަރީގެ ޖަލުތަކުގައި ހިންގަމުންދާ އަނިޔާވެރި އަމަލުތައް ފުރިހަމަ އަށް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ޚާއްސަ ކޮމިޝަނެއް އުފައްދަވާނެ ކަމަށް ވިދާޅުވި އެވެ.

"މި ކަމުގެ އެންމެ އަޑިއަށް ފީނާނަން. އަދި ޓީވީ ޕްރޮގްރާމުގައި ދެއްކި ކަންކަމުގެ މައުލޫމާތު ކުރިން އެނގިފައި ނުވާ ސަބަބު ބަލަން ޖެހޭ،" ޓާންބުލް ވިދާޅުވި އެވެ.

ނޮދަން ޓެރިޓަރީގެ ޗީފް މިނިސްޓަރު އެޑަމް ގައިލްސް ވަނީ ޖަލުތަކުގައި ހިންގި އަނިޔާވެރި އަމަލުތަކަށް ޒިންމާވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަންޒަރުތައް ފެނިފައި ވަރަށް ބޮޑު ޝޮކެއް ލިބިވަޑައިގެންނެވި ކަމަށާއި މި މައްސަލަ ވަރަށް މަތީ ލެވެލްގައި ތަހުގީގު ކުރުމަށް އޭނާ ވެސް ވަނީ ބާރު އަޅުއްވައިފަ އެވެ.

ޖަލުތަކުގައި ހިންގި އަނިޔާވެރި އަމަލުތައް ތަހުގީގު ކުރާތީ އޮސްޓްރޭލިއާގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ވަނީ މަރުހަބާ ކިޔައިފަ އެވެ.