03 ޖޫން 2018 - 15:15

އަގުބޮޑު އިނާމްތަކާއެކު ވޯލްޑް ކަޕަށް ހާއްސަކޮށްގެން، އެސްޓީއޯ އިލެކްޓްރޯނިކްސް އާއި ރީޖަނަލް ފިހާރަތަކުގައި "ވޯލްޑް ކަޕް ފެސްޓް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން މިމަހުގެ 30ގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަންގައި އެސްޓީއޯ އިލެކްޓްރޯނިކްސް އަދި ރީޖަނަލް ފިހާރަތަކުންކުރާ 500ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ދިމާވާ ފަރާތްތަކަށް ވަރަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އެއްވަނަ އިނާމްގެ ގޮތުގައި 50،000 ރ. ގެ އަގުހުރި އިނާމު ލިބޭނެ ކަމަށެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ޑެލްގެ އޮޕްޓިޕްލެކްސް ކޮމްޕިއުޓަ ސިސްޓަމަކާއި ޑެލް ކާވްޑް މޮނީޓަރު އަދި ޖޭބީއެލް ސައުންޑް ބާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ދެވަނައަށް ހޮވޭ ފަރާތަކަށް ޖުމްލަ 30،000ރ.ގެ އަގުހުރި އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިޓާޗީ 65 އިންޗި ޓީވީ އަކާއި ޖޭބީއެލް ސައުންޑް ބާ އަދި އެސްޖޭ ކެމްގެ އެކްޝަން 4k ކެމެރާ ހިމެނެ އެވެ. އަދި ތިންވަނައަށް ހޮވޭފަރާތަކަށް ޖުމްލަ 20،000 ރުފިޔާގެ އިނާމް ދޭން ވަނީ ނިންމައިފަ އެވެ. އެ އިނާމުތަކުގެ ތެރޭގައި ހިމެނެނީ ވާވޭ މޭޓް 10 ޕްރޯ ފޯނަކާއި އެޑިފަޔަ ސްޕީކަރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ގަންނަ ކޮންމެ ޕްރޮޖެކްޓަރާ އެކު 24 އިންޗީގެ ފިލިޕްސް ޓީވީއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަނަށް ހާއްސަކޮށްގެން އެސްޓީއޯ އިލެކްޓްރޯނިކްސް އާއި ރީޖަނަލްސް ފިހާރަތަކުގައި ވިއްކާ މުދާ ވަރަށް ހެޔޮއަގެއްގައި ލިބެން ހުނާނެ ކަމަށެވެ. އެގޮތުން ވޯލްޑް ކަޕަށް ހާއްސަކޮށް ޓީވީ އަދި ޕްރޮޖެކްޓަރުތައް ވަރަށް ހެޔޮއަގެއްގައި ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.