ރެއިންބޯއިން "ވޯލްޑް ކަޕް ފީވާ" ޕްރޮމޯޝަން ފަށައިފި
ރެއިންބޯއިން "ވޯލްޑް ކަޕް ފީވާ" ޕްރޮމޯޝަން ފަށައިފި

އަންނަ ބުރާސްފަތި ދުވަހު ފަށާ ވޯލްޑް ކަޕާ ދިމާކޮށް ރެއިންބޯ ލިވިން މޯލުން "ވޯލްޑް ކަޕް ފީވާ"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަން ފަށައިފި އެވެ.

ފުޅާ ދާއިރާއެއްގައި ފަރުނީޗަރުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ އެ ޕްރޮމޯޝަންގެ ދަށުންކުރާ ކޮންމެ ވިޔަފާރިއަކަށް ޑިސްކައުންޓް ދެވޭނެ ކަމަށެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 30ގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ދޭން ހަމަޖެހިފައިވާ ކަމަށް ވެސް ރެއިންބޯ އިން ބުންޏެވެ.

އެ ކުންފުނިން ވަނީ އީދު ހަދިޔާއެއްގެ ގޮތުގައި، ގުރުއަތުން ހޮވޭ މީހަކަށް ބެޑްރޫމް ސެޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފަ އެވެ.

ރެއިންބޯ އިން ބުނީ ރޯދަ މަސް ނިމެންދެން ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި، ރެއިންބޯގެ ފޭސްބުކް ޕޭޖަށް ލައިކް ކުރުމުން ބައިވެރި ވެވޭނެ އެވެ. އަދި އެ ކުންފުނީގެ ޕްރޮމޯޝަން ޕޯސްޓް ޝެއާ ކުރުމަށް ފަހު، ކޮމެންޓެއްގެ ގޮތުގައި އެ މީހެއްގެ ފަސް އެކުވެރިއަކު ޓެގް ކުރަންޖެހޭނެ އެވެ.