ހަށިގަނޑުގެ މިން އަޅަން ހާއްސަ ފީތާއެއް
ހަށިގަނޑުގެ މިން އަޅަން ހާއްސަ ފީތާއެއް

ހަށިގަނޑަށް އަންނަ ބަދަލުތައް ހަމައެކަނި ކައްޓާއަކުން އޮޅުމެއް ނުފިލައެވެ. ހަށިގަނޑުގައި ސަރުބީ ގިނަ ހިސާބުތައް މިން ނަގައިގެން ބަލަން ބޭނުންވާ މީހުން އުޅޭނެއެވެ. އާދައިގެ ފޫޓު ފީތާއަކުން ވެސް އެކަން ވެދާނެއެވެ. އެކަމަކު ބޭގަލް ލެބްސްގެ ޕައި ސްމާޓް ބޮޑީ ޓޭޕަކީ އާދަޔާ ޚިލާފް މޮޅު ފީތާއެކެވެ.

ބަލާބެލުމަށް، ވަޑިން ގެންގުޅޭ ފީތާއަކާ ވައްތަރު ވިޔަސް ޕައި ފީތާއަކީ ހަށިގަނޑުގެ ފަލަ ތަންތަނުގެ މިން ނަގައިދޭ ފީތާއެކެވެ. އުނަގަނޑާއި، ކަރާއި ކުޑަކަޅުވާގެ މަސްގަނޑު ވެސް ހިންދާލަން ބޭނުންވާ އަމާޒު ކަނޑައަޅައިގެން އެ ލަނޑުދަނޑިއަށް ވާސިލްވާން މި ފީތާ އެހީތެރިވެދޭނެއެވެ.

ޕައި ފީތާއިން މިން ނަގަންވީމާ، މިން ނަގާ ގުނަވަނުގެ ވަށަމިނުގައި ފީތާފަށް އޮޅާލުމަށްފަހު ފީތާގެ ބުޑުގައިވާ ބުޅީގައި އަޅުވާލުމަށްފަހު "ސްކްރޯލް"ކޮށްލުމުން ރަގަޅަށް ބާރުކޮށްދެއެވެ. ފީތާއިން ދައްކާ އަދަދު ސޭވް ފިތަށް އޮބާލައިގެން ރައްކާކުރުމުން މިއާ ގުޅޭ އެޕަށް ފޮނުވައިދެއެވެ. ސްމާޓްފޯނުގައިވާ މި އެޕް މެދުވެރިކޮށް ތިމާގެ ހަށިގަނޑުގެ ގުނަވަންތައް ބޭނުންވާ ބައްޓަމަށް ފައްތަން މަސައްކަތްކޮށްދެއެވެ. އެކަމަށް ކަސްރަތުކުރާނެ ގޮތް ވެސް މި އެޕްގެ ތެރޭން ބުނެދެއެވެ.

ޕައި ފީތާ އުފެއްދި ކުންފުނިން ގަބޫލުކުރާ ގޮތުގައި ދުޅަހެޔޮކަމަކީ ހަމައެކަނި ކައްޓާއިން ދައްކާ އަދަދެއް ނޫނެވެ. މީހާގެ ހަށިގަނޑުގެ ބައްޓަމުން އެކަން މާބޮޑަށް ހާމަކޮށްދެއެވެ.