މަންމަ އަހަރެން އެބޯޓްކޮށްލަން އުޅުނު: ބާރްތީ ސިންގް
މަންމަ އަހަރެން އެބޯޓްކޮށްލަން އުޅުނު: ބާރްތީ ސިންގް

ބާރްތީ ސިންގަށް އޭނާގެ މަންމަ ބަލިވެ އިން އިރު މާލީ ގޮތުން ދަތިކަމުން އޭނާ އެބޯޓްކޮށްލަން އުޅުނު ކަމަށް އޭނާ ބުނެފި އެވެ.

މަންމަ އަހަރެން އެބޯޓްކޮށްލަން އުޅުނު: ބާރްތީ ސިންގް
މަންމަ އަހަރެން އެބޯޓްކޮށްލަން އުޅުނު: ބާރްތީ ސިންގް

ސޫޖަލްގެ ނަމުން މަޝްހޫރު އެކްޓަރު ރަޖީވް ކަންޑެލްވާލް ހުށަހަޅައިދޭ ޒީޓީވީގެ ޓޯކް ޝޯ "ޖަޒް ބާތު" ގައި އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއަން ބާރްތީ ބާރްތީ ބުނީ އޭނާގެ އާއިލާއަކީ ކުރިން ވަރަށް ދަތިކޮށް އުޅުނު އާއިލާއެއް ކަމަށެވެ.

އެހެންވެ އެ ޕްރެޝަރާ ހެދި، މަންމަ އޭނާ އެބޯޓްކޮށްލަން އުޅުނު ނަމަވެސް، މިހާރު އޭނާއާ މެދު މަންމަ ފަހުރުވެރިވާ ކަމަށް ބުންޏެވެ.

ބާރްތީއަކީ މިހާރު އިންޑިއާގެ އަންހެން ކޮމެޑީއަނުންގެ ތެރޭގައި އެންމެ ތަޖުރިބާކާރު އަދި އެންމެ ކާމިޔާބު އެއް ކޮމީޑިއަން އެވެ. އިންޑިއާގެ ޓީވީ ޗެނެލަކުން ކޮމެޑީ ޝޯއެއް ގެނެސް ދޭ ނަމަ އޭނާއާ ނުލައި އެ ޝޯއެއް މިހާރު ފުރިހަމައެއް ނުވާނެ އެވެ.

ބާރުތީ ބުނި ގޮތުގައި ކޮމީޑިއަންގެ ގޮތުގައި އޭނާ ހޯދި ކާމިޔާބީ އާއި ބުރަކޮށް މަސައްކަތްކޮށް މިހާރު އާދެވިފައި ހުރި ހިސާބަށް ދެވުނީ ލައްކަ ހިތްވަރުންނެވެ. އަދި މިހާރު އޭނާގެ އާއިލާއަކީ ވަރަށް ފުދުންތެރިން ފޯރައިގެން އުޅޭ އުފާވެރި އާއިލާއެއް ކަމަށް ބުންޏެވެ.

"މި ކެރިއަރަށް ނުކުތް ފަހުން މަންމަގެ ލޯތްބާއި ހެޔޮދުއާ އަބަދު ވެސް އަހަންނާ އެކީގައިވޭ. އެއީ ކުރިއަށް ދާން ލިބޭ ވަރަށް ބޮޑު ހިތްވަރެއް ވެސް މެ،" އިންޑިއާ ގޮޓް ޓެލެންތް ފަދަ ޝޯތައް ހޯސްޓް ވެސް ކުރާ ބާރްތީ ބުންޏެވެ.

ބާރްތީ، 33، ވަނީ މިދިޔަ އަހަރު ކައިވެނި ވެސް ކޮށްފަ އެވެ. އޭނާ ކައިވެނި ކުރީ މާ މަޝްހޫރު ނޫން މީހެއް ކަމަށްވާ ހާޝް ލިމްބާޗިއާ އެވެ.

"ޖަޒް ބާތު" ގައި ފިރިމީހާ ވެސް އެކު ބައިވެރިވަމުން ބާރްތީ ބުނީ ހާޝްއަކީ ވެސް އޭނާ ކުރިއަށް ދާން ވަރަށް ހިތްވަރު ދޭ މީހެއް ކަމަށެވެ. އަދި ފިރިމީހާ ދެކެ ވަރަށް ލޯބިވާ ކަމަށް ބުންޏެވެ.