އަނބިމީހާ ލޯބިވެރިޔާއާ ކައިވެނި ކުރުވައިފި
އަނބިމީހާ ލޯބިވެރިޔާއާ ކައިވެނި ކުރުވައިފި

އިންޑިއާގައި ހިނގި މި ހާދިސާއަކީ އެ ގައުމުގެ ފިލްމުތަކުން ފެންނަ ކަހަލަ މަންޒަރެކެވެ. އިންޑިއާގެ ފިރިހެނަކު މިއޮތީ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ޖުދާއީ" ކުޅެ، އެތައް ބަޔަކު ސިއްސުވާލައިފަ އެވެ.

އަނބިމީހާ ލޯބިވެރިޔާއާ ކައިވެނި ކުރުވައިފި
އަނބިމީހާ ލޯބިވެރިޔާއާ ކައިވެނި ކުރުވައިފި

ކާންޕޫރްގެ ސަނިގްވާން އަވަށުގައި ދިރިއުޅޭ ސުޖިތު އާއި ޝާންތީ ކައިވެނި ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އެކަމަކު ކައިވެނީގެ ފުރަތަމަ ރޭ ފިރިމީހާގެ ގޭގައި ހޭދަކޮށްފައި، ލަކްނޫގައި އުޅޭ އާއިލާގެ ކައިރި އަށް އަނބިމީހާ ދިޔަ ފަހުން އެނބުރި ފިރިމީހާގެ ކައިރިއަކަށް ނުދިޔަ އެވެ.

އަނބިމީހާ ލޯބިވެރިޔާއާ ކައިވެނި ކުރުވައިފި
އަނބިމީހާ ލޯބިވެރިޔާއާ ކައިވެނި ކުރުވައިފި

ދުވަސްކޮޅެއް ވުމުން ސުޖިތު، ޝާންތީއާ ބައްދަލުކޮށް، އޭނާ އަނބުރާ ގެންނަން ދިޔަ ނަމަވެސް، އެކަންވާ ގޮތެއް ނުވި އެވެ.

ޝާންތީ ވަރަށް ހިތްވަރުކޮށްފައި ސުޖިތު އަށް ކިޔައި ދިން ގޮތުގައި އޭނާ ލޯބި ވަނީ ކުރީގެ ލޯބިވެރިޔާ ރަވީ ދެކެ އެވެ. އަދި ސުޖިތުއާ ކައިވެނި ކުރީ ރުހުމުގައި ނޫން ކަމަށާއި އެއީ އާއިލާއިން ކުރުވި ކައިވެންޏެއް ކަމަށް ބުންޏެވެ.

ސުޖިތު ކިޔައި ދިން ގޮތުގައި މި ވާހަކަތައް އަޑު އަހާފައި އޭނާ ވަރަށް ރުޅި ގަދަވި އެވެ. އަދި ޝާންތީ އާއި އޭނާގެ ލޯބިވެރިޔާ މަރާލައި، އަމިއްލަ އަށް މަރުވާން ހިތަށް އެރި ކަމަށް ބުންޏެވެ.

"އެކަމަކު އަހަރެންގެ ހިޔާލު ފަހުން ބަދަލުވީ. މިވަރުގެ ކަމަކާ ހެދި ތިން މީހުންގެ ފުރާނަ ދުއްވައިލުމަކީ ބޭކާރު ކަމެއްގެ ގޮތުގައި އަހަންނަށް ވިސްނުނީ،" ސުޖިތު ބުންޏެވެ. "މިކަން މިގޮތަށް ކުރަން އަހަރެން ނިންމީ އާއިލާގެ މީހުންނާއި ބައެއް އަވަށްޓެރިންނާއި ގާތް ރައްޓެހިންނާ ވެސް މަޝްވަރާކޮށްފައި."

އެހެންވެ ދެން އޭނާ ކުރި ކަމަކީ ރަވީއާ ބައްދަލުކޮށްފައި ކައިވެނީގެ އިންތިޒާމުތައް ހަމަޖެއްސުމެވެ. މިދިޔަ ބުދަ ދުވަހު ރަވީ އާއި ޝާންތީ ކައިވެނި ކުރުވި އެވެ.

އެތައް ބަޔަކު ކައިވެނީގެ ހަފުލާގައި ބައިވެރިވި އެވެ. އަދި ސުޖިތު ދައްކުވައި ދިނީ ޒުވާނުންނަށް ނަމޫނާއެއް ކަމަށް ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ.

"މިއީ ސުޖިތުގެ ފަރާތުން ފެނިގެން ދިޔަ ވަރަށް ވެސް ހިތްވަރު، ގަދަ އުފާވެރި އަމަލެއް. މިކަމުގެ ސަބަބުން އެތައް ބަޔަކު އޭނާގެ މަތިން އަބަދު ވެސް ހަނދާން ކުރާނެ،" ކައިވެނީގެ ހަފުލާގައި ބައިވެރިވި ސަނިގްވާންގެ ޕޮލިސް ޕޯސްޓްގެ އޮފިސަރަކު ބުންޏެވެ.

ފިލްމް "ހަމް ދިލް ދޭ ޗުކޭ" ސަނަމްގައި އަޖޭ ދޭވްގަން، އަންހެނުން އައިޝްވާރިޔާ ރާއީ، ލޯބިވެރިޔާ ސަލްމާން ހާނަށް ދޫކޮށްލަ އެވެ. "ޖުދާއީ" ގައި ސްރީދޭވީ މުއްސަނދިކަމާ ހެދި ބޫތުކައިގެން ފިރިމީހާ އަނިލް ކަޕޫރް، އުރްމިލާ މަޓޯންޑްކަރްއާ ކައިވެނި ކުރުވަ އެވެ.