އުރީދޫ މަސްރޭހުގެ ފައިނަލަށް މަލަހިނި އާއި ސްޓެލްކޯ
އުރީދޫ މަސްރޭހުގެ ފައިނަލަށް މަލަހިނި އާއި ސްޓެލްކޯ

އުރީދޫ މަސްރޭހުގެ ފުރަތަމަ ސެމީފައިނަލް ބުރު ނިމި، ފައިނަލް ގެ ހަ ޖާގަ ތެރެއިން ދެ ޖާގަ، ޓީމް ސްޓެލްކޯ އަދި ޓީމް މަލަހިނި ރިސޯޓުން ކަށަވަރު ކޮށްފި އެވެ.

ރޭ ބްރިޖް ވިއުއިން ޕްލެޓްފޯމް ގައި ވަރަށް ފޯރިއާއެކު ކުރިޔަށް ގެންދިޔަ އެ އިވެންޓުގައި ވަނީ ހަތަރު ޓީމެއް ވާދަ ކޮށްފަ އެވެ. އޭގެ ތެރޭގައި ޓީމް މަލަހިނި، ޓީމް ގްރޭޓާ މާލެ، ޓީމް ޓުއަރިޒަމް ކްލަބް އަދި ޓީމް ސްޓެލްކޯ ވަނީ ވާދަ ކޮށްފަ އެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްރޭސް މުބާރާތުގެ ސެމީފައިނަލް ދެވަނަ އިވެންޓް އަންނަ ހޯމަ ދުވަހަށް ވަނީ ތާވަލް ކޮށްފަ އެވެ. މިއިވެންޓް ވެސް ބްރިޖް ވިއުއިން ޕްލެޓްފޯމްގައި ވަރަށް ފޯރިއާއެކު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއިވެންޓް ގައި ފައިނަލްގެ ތިންވަނަ ޓީމް އަދި ހަތަރު ވަނަ ޓީމް ކަށަވަރު ވެގެން ދާނެ އެވެ.

‎ސެމީ ފައިނަލްގެ ދެވަނަ އިވެންޓުގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ޓީމް މިލައިދޫ އައިލެންޑް މޯލްޑިވްސް, ޓީމް ތާޖް އެކްސޯޓިކާ، ޓީމް އެމްޕީއެލް އަދި ޓީމް ނަލަހިޔާ އެވެ.