ފޮއްޓަކަށް ލައިގެން ވިއެޓްނާމް ކުއްޖަކު އިނގިރޭސި ވިލާތަށް
ފޮއްޓަކަށް ލައިގެން ވިއެޓްނާމް ކުއްޖަކު އިނގިރޭސި ވިލާތަށް

ލަންޑަން (ޖޫން 1) - ފޮއްޓަކަށް ލައިގެން ވިއެޓްނާމުގެ 16 އަހަރުގެ ކުއްޖަކު އިނގިރޭސި ވިލާތަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފި އެވެ.

އެ ކުއްޖާ އޮތް ފޮށި ހިފެހެއްޓީ ފްރާންސާ އެންމެ ކައިރީގައި އޮންނަ ބަނދަރު ކަމަށްވާ ޕޯޓް އޮފް ޑޯވާ އިންނެވެ. ކުއްޖާ އެތެރެ ކުރަން އުޅުނީ ރުމޭނިއާ މީހެކެވެ. ޔޫކޭ ބޯޑަ ފޯސްގެ އޮފިޝަލުންނަށް ފޮށީގައި ކުއްޖާ އޮތްކަން އެނގުމާ އެކު އެ ކުއްޖާ ވަނީ ސަލާމަތްކޮށްފަ އެވެ. އަދި އެ ކުއްޖާގެ ހާލަތު ވަނީ ނުރައްކަލުގައި ކަމަށްވާތީ ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ކުއްޖާ އެތެރެ ކުރަން އުޅުނު ރުމޭނިއާގެ 20 އަހަރުގެ މީހާގެ މައްޗަށް ވަނީ އިނގިރޭސި ވިލާތަށް ވަގަށް މީހުން އެތެރެ ކުރަން އުޅުމުގެ ކުށުގައި ދައުވާ ކުރަން ނިންމައިފަ އެވެ.

ފުލުހުން ބުނީ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށި ފަހުން ކުއްޖާގެ ހާލު ރަނގަޅުވާން ފަށާފައިވާ ކަމަށެވެ.