02 ޖޫން 2018 - 08:34

އެެމެރިކާސް ގޮޓް ޓެލެންޑް ކަހަލަ ޝޯތަކަކީ އިންސާނުންގެ އިތުރަށް ޖަަނަވާރުގެ އާދަޔާހިލާފު މޮޅެތި ހުނަރު ދައްކާލައި، އެތައް ބަޔަކު ކޮސްކޮށްލާ ކަހަލަ ޝޯތަކެކެވެ. މި ކަހަލަ ޝޯތަކުގައި ކުއްތާ ކަހަލަ ޖަނަވާރުގެ ތަފާތުތައް ހުނަރުތައް މީގެ ކުރިން ވަރަށް ގިނައިން ފެނިފައި ހުރެ ދާނެ އެވެ.
މިހާރު ކުރިއަށްދާ މި އަހަރުގެ އެމެރިކާ ގޮޓް ޓެލެންޓް ޝޯގައި ބަޔަކު ވަނީ އެ މީހުން ގެންގުޅޭ ބުޅާތަކުގެ ވަރަށް ވެސް މަޖާ އަދި އެހާމެ ލޯބި ހުނަރުތަކެއް ދައްކާލައިފަ އެވެ.
ޝޯގެ ޖަޖުންނާއި އޯޑިއަންސް ވެސް ތިބީ މި ތިން ބުޅާ ދައްކައިލި ހުނަރުތަކުން އަންތަރީސްވެފަ އެވެ. ފުށްގަނޑެއްހެން އޮތް ތިން ބުޅަލުގެ ހުނަރު ދައްކައިލާ ވާހަކަ ސްޓޭޖް މަތީގައި ބުނުމުން ޖަޖުންގެ ތެރޭގައި ހިމެނޭ ސައިމަން ކޮވެލް ހުރީ އެހާ ގަޔާވާ ކަހަލަ ގޮތަކަށް ނޫނެވެ. ބުޅާތައް ސްޓޭޖަށް ގެނައުމުން ވެސް އޭނާ ހުރީ ފޫހިވެފައި ކަހަލަ ގޮތަކަށެވެ.
އެކަމަކު ބުޅާތައް ހުނަރުތައް ދައްކައިލަން ފެށުމާ އެކު، ސައިމަންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވައި، އެހެން ޖަޖުންނާއި މުޅި އޯޑަންއަންސް ވެސް ފޯރި ނެގި އެވެ. މިއޮތީ މި ވީޑިއޯ އެވެ. ބަލައިލަމާ ހިނގާށެވެ.