އެއް ދުވަހުން ލައިސަންސް ނެގޭ ޕްރޮގްރާމް ނިންމާލައިފި؛ 2،252 މީހަކު ލައިސަންސް ހޯދި
އެއް ދުވަހުން ލައިސަންސް ނެގޭ ޕްރޮގްރާމް ނިންމާލައިފި؛ 2،252 މީހަކު ލައިސަންސް ހޯދި

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އެއް ދުވަހުން ދޭ ޕްރޮގްރާމް ޓްރާންސްޕޯޓް އޮތޯރިޓީން ރޭ ނިންމާލިއިރު 2،252 މީހަކަށް ލައިސަންސް ދީފި އެވެ.

އެއް ދުވަހުން ލައިސަންސް ނެގޭ ޕްރޮގްރާމް ނިންމާލައިފި؛ 2،252 މީހަކު ލައިސަންސް ހޯދި
އެއް ދުވަހުން ލައިސަންސް ނެގޭ ޕްރޮގްރާމް ނިންމާލައިފި؛ 2،252 މީހަކު ލައިސަންސް ހޯދި

މިދިޔަ ހުކުރު ދުވަހު ފެށި "އެއް ލަކިން މަށަށް ލައިސަންސް" ޕްރޮގްރާމް ކުރިއަށް ގެންދަން ކުރިން ނިންމާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

އިކޮނޮމިކް މިނިސްޓަރުގެ ނައިބު އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ އެ ޕްރޮގްރާމްގައި 9،191 ހިދުމަތް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތިއަރީ ޓެސްޓާއި ޑްރައިވިން ޓެސްޓް އަދި ލައިސަންސްގެ ހިދުމަތް ހިމެނެ އެވެ. އަދި ލައިސަންސް ޕްރޮގާރާމްގައި ބައިވެރިވި މީހުންގެ ތެރެއިން 18 ޕަސެންޓް ފެއިލްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރޭގަ ޕްރޮގްރާމް ނިންމާލި ނަމަވެސް މި ޕްރޮގްރާމަށް ފައިސާ ދައްކައި ހިދުމަތެއް ނުދެވި ތިބި ފަރާތްތަކަށް މާދަމާ ރޭ ހިދުމަތް ފުރިހަމަކޮށްދޭނެ. އަދި ކާޑު ނިމޭވަރަކުން އެސްއެމްއެސް އަކުން އަންގަމުން ގެންދާނެ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕްރޮގްރާމްގެ އެޕްލިކޭޝަން ދޫކުރުން ދެން ނިމުނީ ކަމަށެވެ.

ޑްރައިވިން ލައިސެންސް އެއް ދުވަހުން ދިނުމުގެ ޕްރޮގްރާމްގައި، ސައިކަލްގެ އިތުރުން ކާރާއި ޕިކަޕްގެ ލައިސެންސް ވެސް ނެގެ އެވެ.

އެ ޕްރޮގްރާމްގައި، ފޯމު ހުށަހަޅާ ރޭ ތިއަރީ އަދި ޑްރައިވިން ޓެސްޓް ހަދައި ފާސްވުމުން ހަމަ އެ ރޭ ލައިސެންސް ދެ އެވެ. އަދި އާންމުކޮށް ހަދާ ޓެސްޓަށް ވުރެ މި ޓެސްޓްތައް ފަސޭހަ އެވެ.