31 މެއި 2018 - 13:49

މާލޭގެ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 65ރ. އަށް އުފުލިއްޖެ އެވެ.
ރޯދަ މަސް ފެށުނުއިރު 45ރ. އަށް ވިއްކި ލުނބޯ ކިލޯއެއްގެ އަގު 65ރ. އަށް އުފުލުނުއިރު، ބާޒާރުމަތީ ފިހާރަތަކުން ލުނބޯ ލިބެން ހުރި މިންވަރު ވެސް މިހާރު ވަނީ މަދުވެފަ އެވެ.
ބާޒާރުމަތީގެ ފިހާރައަކުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ، ލުނބޯގެ އަގުބޮޑުވީ ސްޓޮކް މަދުވުމުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ލުނބޯގެ އަގު ތިރިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ މީހާ ބުންޏެވެ.
"މުދާ އުފުލާ ބޯޓުތައް ކިރިޔާ ޝެޑިއުލުން ކައްސާލައިފިއްޔާ ސްޓޮކް މަދުވާނެ. ލުނބޯ ހިފައިގެން އަންނަ ބޯޓުތައް ރާއްޖެ އަށް އެބަ ދަތުރުކުރޭ،" އޭނާ ބުންޏެވެ.
ބާޒާރުގައި ލުނބޯގެ އަގު އުފުލުނުއިރު ގިނަ ބާވަތްތަކުގެ އަގު ވަނީ ދަށްވެފަ އެވެ. އެގޮތުން އަލުވި ކިލޯއެއްގެ 8ރ. އަށް ދަށްވިއިރު، ފިޔާ ކިލޯއެއްގެ އަގު ވަނީ 8.5ރ. އަށް ހެޔޮވެފަ އެވެ.