ހއ. އަތޮޅު ފަރަކަށް އެރި ބޯޓެއްގައި ރޯކޮށްލައި މީހުން ކަނޑަށް ފުންމާލައިފި
ހއ. އަތޮޅު ފަރަކަށް އެރި ބޯޓެއްގައި ރޯކޮށްލައި މީހުން ކަނޑަށް ފުންމާލައިފި

ހއ. އަތޮޅު އިންނަފިނޮޅު ފަރަށް އެރި ބޭރު ގައުމެއްގެ ބޯޓެއް ކައިރި އަށް ސިފައިން ދިއުމުން ބޯޓުގައި ރޯކޮށްލުމަށް ފަހު އޭގައި ތިބި މީހުން ކަނޑަށް ފުންމާލައިގެން ފިލަން އުޅެފި އެވެ.

ހއ. އަތޮޅު ފަރަކަށް އެރި ބޯޓެއްގައި ރޯކޮށްލައި މީހުން ކަނޑަށް ފުންމާލައިފި
ހއ. އަތޮޅު ފަރަކަށް އެރި ބޯޓެއްގައި ރޯކޮށްލައި މީހުން ކަނޑަށް ފުންމާލައިފި

ބޯޓު ފަރަށް އަރާފައި އޮއްވައި ފުރަތަމަ ފެނުނީ މަސްވެރިކަމަށް ނިކުމެ އުޅުނު އެ އަތޮޅު ބަޔަކަށެވެ. ބޯޓު ފަރަށް އަރާފައި އޮތްކަން އެ މީހުން ސިފައިންނަށް އެންގުމުން، ސިފައިން އެ ސަރަހައްދަށް އަންނަ ތަން ފެނުމުން ބޯޓުގައި ރޯކޮށްލުމަށް ފަހު ކަނޑަށް ފުންމައިލީ އެވެ. ބޯޓުގައި ރޯކޮށްލީ ސިފައިންގެ ލޯންޗެއް ބޯޓާ ފަންސާހަކަށް ފޫޓަށް ކައިރިވި ފަހުންނެވެ.

ބެލެވޭ ގޮތުގައި ބޯޓު ފަރަށް އެރީ ރޭގެ ވަގުތެއްގަ އެވެ. އެނގިފައިވާ ގޮތުގައި އެއީ އީރާނު ބޯޓެކެވެ.

އެނގިފައިވާ ގޮތުގައި އެ ބޯޓުން އަށް މީހަކު ކަނޑަށް ފުންމައިލި އެވެ. އެމްއެންޑީއެފުން ބުނީ އެ އެންމެން ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ހއ. އިހަވަންދޫ އަށް ގެންގޮސްފައިވާ ކަމަށެވެ.

ބޯޓުގައި ރޯކޮށްލުމުގެ ސަބަބުން ބޯޓުގެ ބައިތައް އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ.