30 މެއި 2018 - 15:37

ޔޫއޭއީގެ އެއްވަނަ ޓޮމާޓޯ ޕޭސްޓް ބްރޭންޑް ކަމަށްވާ "އަލް އައިން ޓޮމާޓޯ ޕޭސްޓް" އެސްޓީއޯ ސުޕަމާޓުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަން ފަށައިފި އެވެ.

ޔޫއޭއީގެ އަގްތިޔާ ކުންފުނިން އުފައްދާ މި ޓޮމާޓޯ ޕޭސްޓަކީ މިސްރުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރާ ބްރޭންޑެކެވެ. އަގްތިޔާއަކީ މެދުއިރުމަތީގައި ޓޮމާޓޯ ޕޭސްޓް އުފައްދާ އެންމެ ބޮޑު ތިން ކުންފުނީގެ ތެރެއިން އެއް ކުންފުނި އަދި މިސްރުގެ ޓޮމާޓޯ ޕޭސްޓް އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ.
އަލް އައިން އުފައްދާފައިވަނީ އެއްވެސް ވަރަކަށް ޕްރިޒަވޭޓިވްސް ނުހިމަނާ މިސްރުގެ ދަނޑުތަކުގައި ހައްދާ ތާޒާ ޓޮމާޓޯ ބޭނުންކޮށްގެން ސްޓޭޓް އޮފް ދަ އާޓް ޕްރޮސެސް ލައިނަކުންނެވެ.
އެސްޓީއޯއިން ބުނިގޮތުގައި އެ ޓޮމާޓޯ ޕޭސްޓްގެ ތިން ސައިޒެއް ވަނީ ބާޒާރަށް ނެރެ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަން ފަށައިފަ އެވެ. މީގެތެރޭގައި 50 ގްރާމްގެ ޕެކެޓާއި 40 ގްރާމްގެ އަދި 800 ގްރާމްގެ ދަޅު ހިމެނެ އެވެ. މި ވައްތަރުގެ ދަޅު ކަނޑަށް ދަޅުކެނޑި ބޭނުންކުރާކަށް ނުޖެހޭނެ އެވެ. އެއީ އީޒީ އޯޕެން ލިޑް ހުންނަ ދަޅެވެ.
މީގެ އިތުރުން ދިހަ ކޭހަށް ވުރެއް ގިނައިން ގަންނަ ނަމަ ކޭހަކުން 10ރ. އަގުހެޔޮވާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އަލް އައިންގެ ޓޮމާޓޯ ޕޭސްޓް އެސްޓީއޯ ސުޕަމާޓުންނާއި ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުން ވެސް ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެ އެވެ.