މޯލްޑިވިއަނުން ސީއެޗްއެސްއީ ދަރިވަރުންތަކެއް ކައްދު އަށް ގެންގޮސް ދީފި
މޯލްޑިވިއަނުން ސީއެޗްއެސްއީ ދަރިވަރުންތަކެއް ކައްދު އަށް ގެންގޮސް ދީފި

ސީއެޗްއެސްއީ ދަރިވަރުންތަކެއްގެ ސްޓަޑީ ޕްރޮގްރާމްގެ ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނި ގޮތުގައި މި ޕާޓްނާޝިޕްގެ ދަށުން މި ޕްރޮގްރާމް ފުރިހަމަ ކުރުމަށް އެ ސްކޫލްގެ ދަރިވަރުންތަކެއް ކައްދު އަށް ގެންގޮސްދީފައިވާ ކަމަށެވެ.

އެގޮތުން އިއްޔެ އެ ސްކޫލްގެ 42 ދަރިވަރުންނާއި ހަ ޓީޗަރުން ވަނީ ކައްދު އަށް ގޮސްފައި އެވެ. އެ ދަރިވަރުންތައް އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު އެވެ.

"މިއީ އަޅުގަނޑުމެންގެ ތައުލީމާއި އިޖްތިމާއީ ހަރަކާތްތަކަށް ދޭ އަހައްމިއްޔަތުގެ ދަށުން އެއްބަސް ވެވުނު ޕާޓްނާޝިޕެއް،" މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ކުންފުނިން މިފަދަ ގިނަ އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވެ، ހިލޭ ސާބަހަށް ގިނަ ކަންތައްތަކެއް ކޮށްދެ އެވެ. އެގޮތުން އެ ކުންފުނިން މިހާރު ވެސް ދަނީ ކާނިވާ ސަރަހައްދުގައި ކުޑަކުދިންނަށް ޕާކެއް ގާއިމް ކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.